27 ޑިސެމްބަރ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިން ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމާފައިވާތީ އެކަން ތަހުގީގު ކުރުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިން ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމާފައިވާތީ އެކަން ތަހުގީގު ކުރުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެކިން ހެކިބަސް ދިނީ އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތު ކުރުމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އިތުރު މީހަކު ހެކިބަސް ދިނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާ ޔާމީންގެ ގޭގައި ގުނުމަށްފަހު އެ ފައިސާ އެ މައްސަލާގައި ދައުވާލިބުނު ދެ ވަނަ މީހާ ކަމަށްވާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ އެވެ.
އެކަމަކު ކޯޓުގެ ހުކުމުގައިވަނީ އެއީ އުފައްދައިގެން ދީފައިވާ ދޮގު ހެކިބަހެއް ކަމަށެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ޖިނާއީ ތަހުގީގު ކުރުމާ މެދު ކުރަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ.
ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކޯޓުން ވަނީ އިއްވައިފަ އެވެ. ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ، ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
ޔާމީންގެ ގެކޮޅަށް ގެއްލުންދިން މީހާ ދޫކޮށްލައިފި
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި
ގާޒީ އަލީ ރަޝީދުގެ ގެއަށް ކޯރާޑިއަކުން ގެއްލުން ދީފި
ޔާމީންގެ ޝަރީއަތެއް ނެތް، އޮތީ އިދާރީ ކަމެއް
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ރައީސް އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް އިންކާރު
މަހުލޫފްގެ ޖަލު ތަޖުރިބާ: ކެތްތެރިކަމުން އާ ހިތްވަރެއް