Roadha Mihaaru

އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި

މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށް، ދައުލަތުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

17 ފެބުރުއަރީ 2019

މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށް، ދައުލަތުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ކުރި ޓްވީޓް

ކުރީގެ ސަރުކާރުގައި ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އާޒިމާގެ މައްޗަށް ދަައުވާ ކުރަން ފޮނުވިއިރު، އެ މައްސަލާގެ ތުހުމަތުގައި މިދިޔަ މަހު އާޒިމާ ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.

އާޒިމާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން މިދިޔަ ހަފުތާގައި ވަނީ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލާގެ ތުހުމަތުގައި ޔާމީން ވެސް ކުރިން ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. ކުރިން ޔާމީންގެ ވަކީލެއްގެ ގޮތުގައި އާޒިމާ މަސައްކަތް ކުރެއްވި އެވެ.

ޔާމީންގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓް ފުލުހުން އެދިގެން ވަނީ ފްރީޒްކޮށްފަ އެވެ. އެކައުންޓްތައް ފްރީޒްކުރި މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.