ސ. ހުޅުުދޫ ބަނދަރު ސަރަހައްދުގައި މިރޭ އަލިފާން ރޯކޮށްލީ ބަޔަކު ގަސްދުގައި ކަމަށް އެ ރަށު ކައުންސިލަރު ހުސައިން ފައިޒު ރަހުމާން ތުހުމަތު ކުރައްވައިފި އެވެ.
30 ޑިސެމްބަރ 2022
ސ. ހުޅުުދޫ ބަނދަރު ސަރަހައްދުގައި މިރޭ އަލިފާން ރޯކޮށްލީ ބަޔަކު ގަސްދުގައި ކަމަށް އެ ރަށު ކައުންސިލަރު ހުސައިން ފައިޒު ރަހުމާން ތުހުމަތު ކުރައްވައިފި އެވެ.
އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ ވަކި އޮންނަ ހުޅުދޫގައި މިރޭ އަލިފާނުގެ ދެ ހާދިސާއެއް ހިނގި އެވެ. ރޯވެފައި ހުއްޓާ ފުރަތަމަ ފެނުނީ ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ކުނިފުންޏެއްގަ އެވެ. ދެން ރޯވީ އެ ރަށުގެ ބަނދަރާ ދިމާލުން ވަލުތެރޭގަ އެވެ. ރޯވި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ތާރު ވެސް ހިމެނެ އެވެ.
ކައުންސިލަރު ފައިޒު "މިހާރު" އަށް ވިދާޅުވީ ބޮޑަށް ބެލެވެނީ އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށެވެ.
"އެއީ އަމިއްލަ އަށް ރޯވާ އެއްޗެއް ނޫންކަން ނޭނގެ ތާރަކީ. އެ ސަރަހައްދަކީ ފުދޭވަރަކަށް ރުއް ގިނަ ސަރަހައްދެއް،" ފައިޒު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ބަޔަކަށް އަނިޔާ ނުވި ނަމަވެސް ބޮޑު ސަރަހައްދެއްގައި ރޯވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 4،000-5،000 އަކަފޫޓުގެ ސަރަހައްދެއް އަނދައިފި. ސާދަ ސަތޭކަ އަށް ވުރެ ގިނަ ފީފާގެ ތާރު، އެއީ ކެމިކަލްއާ އެއްކޮށް، އެތާ ހުންނާނެ. ކެމިކަލް އެއީ ތާރު އަޅައިފައި އޭގެ މައްޗަށް އަޅާ ކެމިކަލެއް. އޭގައި އެބަ އުޅޭ ކޮންމެވެސް ވަރަކަށް ބޭނުން ކުރެވޭނެ އެއްޗެހި ވެސް،" ފައިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގއި އެ ސަރަހައްދުގައި ހުންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ރަށުގެ މަގުތައް ހެދުމަށް އޭރު ޕްލޭނިން މިނިސްޓްރީން ގެންގޮސްފައިވާ ތާރާއި ތާރު އެޅުމަށް ބޭނުންކުރާ ކެމިކަލެވެ.
"ރައްކާތެރިކަމެއް ނެތި އެހެން ހުންނާތީ އަޅުގަނޑުމެން ވާނެ އެކި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައި. ޕްލޭނިން މިނިސްޓްރީ އަށް ވެސް އެންގިން. އެންވަޔަރްމެންޓް މިނިސްޓްރީ އަށް ވެސް ވާނީ އަންގާފައި،" ފައިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ތާރުތައް އެގޮތަށް ހުންނަތާ މިހާރު ގާތްގަނޑަކަށް ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެންމެ ފަހުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ފައިޒު ވިދާޅުވީ ދެ މިނިސްޓްރީއެއް ގުޅިގެން އައީ އެ ސަރަހައްދު ސާފުކުރަމުން ކަމަށެވެ.
ހުޅުދޫގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ފީފާތައް ނިއްވާލައިފާ.-- ފޮޓޯ: އެމްއެންޑީއެފް
ޔާމީންގެ ވެރިކަމުގައި ހުޅުދޫގެ މަގު ހެދުން ހަވާލުކުރީ ޕަބްލިކް ވޯކްސްއާ އެވެ. ނަމަވެސް ފަހުން ވެރިކަން ބަދަލުވެ އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރި އެވެ.
"އެމްޓީސީސީން އެ އެއްޗެހި ބޭނުމެއް ނުކުރޭ މަގު ހަދާކަށް. އެ މީހުން ބޭނުން ކުރަނީ ހިލަ، ހިލަވެލި އެކަނި. ވެދާނެ އެއީ ގެނެސްފައި ދުވަސްވެފައި ހުރި އެއްޗިއްސަށް ވީމާ، ކޮލިޓީ އަށް ބަލާފައި ބޭނުން ނުކުރަނީ ކަމަށް،" ފައިޒު ވިދާޅުވި އެވެ.
މިރޭ 8:00 ހާއިރު ރޯވި އެ އަލިފާންގަނޑު ނިއްވާލެވުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ހުރި ތާރުތަކަށް ފެން އަޅައި، ތާރުތައް ފިނިކުރުމަށް ސިފައިން މިހާރު ސައިޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހުޅުުދޫގައި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލެއް ނުވޭ
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
ބާ ކާރުތަކެއްގައި ރޯވެ،ހިތަދޫގައި އަލިފާނުގެ ހާދިސާއެއް
މާލޭގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި
ހިތަދޫގެ ގެއެއްގައި ރޯވެ، މީހަކު ފިހިއްޖެ
ހިތަދޫގައި ގެއެއް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ފޭދޫގައި ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު