Roadha Mihaaru
ތ. އަތޮޅު ރަށްތަކަށް ގޮތްނޭނގޭ ފަތްތަކެއް ލައްގަނީ

ތ. އަތޮޅު ރަށްތަކަށް ގޮތްނޭނގޭ ފަތްތަކެއް ލައްގަނީ

03 ޖެނުއަރީ 2023

ތ. އަތޮޅުގެ ބައެއް ރަށްރަށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތ. އަތޮޅުގެ ބައެއް ރަށްރަށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޮތް ނޭނގޭ ފަތްތަކެއް އެ އަތޮޅު އޮޅުވެލިފުށި ފިނޮޅާއި ކަނޑޫދޫން ފެނިގެން އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އެ ތަކެތި ބަލައި ތަހުލީލުކޮށް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަހަލަ ފަތްގޯނިތައް މީގެ ކުރިން ވެސް އެކި ރަށްރަށަށް ލެއްގި އެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހްމަދު ރީހާން "މިހާރު" އަށް ވިދާޅުވީ އެ ރަށަށް ލައްގާފައި ވަނީ އޭގެ އެއް ގޯނި ފަތް ކަމަށެވެ. އޭގެ އެތެރޭގައި ބަންދުކޮށްފައިވާ ދެ ކޮތަޅުގައި ފަތް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑޫދު އަށް ލެއްގި ފަތް ގޯނިތަކެއް -- ފޮޓޯ: ކަނޑޫދޫ ފޭސްބުކް ޕޭޖް

ކަނޑޫދު އަށް ލެއްގި ފަތް ގޯނިތަކެއް -- ފޮޓޯ: ކަނޑޫދޫ ފޭސްބުކް ޕޭޖް

އެ އަތޮޅު އޮޅުވެލިފުށި ފިނޮޅުން އޭގެ ހަތަރު ގޯނި ވަނީ ފެނިފަ އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން އެއީ ކެންޑޫ ނަމަކަށް ކިޔާ ފަތެއް. އެއީ ބިޑި ހެދުމަށް ބޭނުން ކުރާ ފަތެއް. ބައެއް މީހުން ބުނޭ އެއީ ބޭ ލީފް ކަމަށް ވެސް. އަސްލު އެއީ ކޯއްޗެއް ކަމެއް ނޭނގެ އަދި،" ރީހާން ވިދާޅުވި އެވެ.