ކޭޕް ވާޑޭ (ޖެނުއަރީ 5) - އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ކޭޕް ވާޑޭ ގެ ސްޓޭޑިއަމެއް ކަމަށްވާ އެސްޓާޑިއޯ ނެސިއޮނާލް އަށް، ފުޓުބޯޅަ ލެޖެންޑް ޕެލޭ ގެ ނަމުން ނަން ދޭން ނިންމައިފި އެވެ.
06 ޖެނުއަރީ 2023
ކޭޕް ވާޑޭ (ޖެނުއަރީ 5) - އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ކޭޕް ވާޑޭ ގެ ސްޓޭޑިއަމެއް ކަމަށްވާ އެސްޓާޑިއޯ ނެސިއޮނާލް އަށް، ފުޓުބޯޅަ ލެޖެންޑް ޕެލޭ ގެ ނަމުން ނަން ދޭން ނިންމައިފި އެވެ.
އެ ގައުމުން އެ ގޮތަށް ނިންމީ މިދިޔަ ހަފުތާގައި މަރުވި ޕެލޭގެ ހަނދާނުގައި، ފީފާގެ ހުރިހާ މެމްބަރު ގައުމަކުން ވެސް އެ ގައުމެއްގެ ސްޓޭޑިއަމަކަށް ޕެލޭގެ ނަން ދޭން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިވަޑައިގަތުމުންނެވެ.
މިއީ މިގޮތަށް ޕެލޭގެ ނަން ގައުމެއްގެ ސްޓޭޑިއަމަކަށް ކިޔަން ނިންމި ފުރަތަމަ ފަހަރެވެ.
ކެންސަރު ބަލީގައި ދިގު މުއްދަތެއް ވަންދެން ފަރުވާ ހޯދަމުން ދިޔަ ޕެލޭ މަރުވީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ. ޕެލޭ މަރުވީ އުމުރުން 82 އަހަރުގަ އެވެ.
"ޕެލޭ އަކީ އެންމެން ވެސް ނަމޫނާއަކަށް ބަލާ ކުޅުންތެރިއެއް. އެއީ ބްރެޒިލް އާއި ޕޯޗުގީޒް ބަހުން ވާހަކަ ދައްކާ ގައުމުތަކުގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެތައް ޖީލުތަކެއް ގުޅުވާލައިދިން ނަމޫނާއެއް،" ޕެލޭ ދައްކުވައިދިނީ ކުޅިވަރަކީ ދުނިޔެ އެއްބައިވަންތަ ކުރުވާ އެއްޗެއް ގޮތުގައި ސިފަ ކުރައްވަމުން ބޮޑުވަޒީރު ކޮރިއޭ އެ ސިލްވާ ވިދާޅުވި އެވެ.
"މި ޝަހުސިއްޔަތަށް ޝުކުރާއި އިހުތިރާމް އަދާކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ގައުމީ ދަނޑަށް "އެސްޓާޑިއޯ ޕެލޭ" ގެ ނަމުން ނަން ދޭން އަޅުގަނޑުމެން ގަސްދު ކުރަން، ގަބޫލު ކުރަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް."
މުޅި އެކު 15،000 މީހުންގެ ޖާގައިގެ، ކޭޕް ވާޑޭގެ ގައުމީ ސްޓޭޑިއަމް ހުންނަނީ އެ ގައުމުގެ ވެރިރަށް ޕްރެއިއޭ ގަ އެވެ. މި ދަނޑު ރަސްމީކޮށް ހުޅުވީ 2014 ވަނަ އަހަރެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ވެސް ވަނީ ކޭޕް ވާޑޭގެ ބޮޑުވަޒީރުގެ މި އިސްނެންގެވުމަށް ތައުރީފުކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސްވިޒަލެންޑުގެ ޒިއުރިޗް ގައި ހުންނަ ފީފާގެ ހެޑްކުއާޓާސްގެ ފުޓުބޯޅަ ދަނޑުގެ ނަން "އެސްޓާޑިއޯ ޕެލޭ - ފީފާ ޒިއުރިޗް" ގެ ނަމަށް ބަދަލުކުރަން ފީފާ އިން ވެސް ވަނީ ނިންމައިފަ އެވެ.
މަހިބަދޫގައި ޕެލޭ ސްޓޭޑިއަމް ހުޅުވައިފި
ޕެލޭގެ ނަން ސްޓޭޑިއަމްތަކަށް ދޭން އެދެނީ
އިންފަންޓީނޯއާ އެކު ޖޫނިއާ ކުޅުންތެރިންނަށް އީދެއް
އެފްއޭއެމުން ކުރާ މަސައްކަތަށް އިންފަންޓީނޯގެ ސާބަސް
ރައީސް ދެއްވީ ފުޓްބޯޅަ ކުރިއަރުވާނެކަމުގެ ޔަގީންކަން
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި
އިންފަންޓީނޯ އާއި ރައީސްގެ މެޗުގައި މަޓެރާޒީ ކުޅޭނެ
އިންފަންޓީނޯ އާއި ރައީސްގެ ފުޓްބޯޅަ މެޗެއް މާދަމާ
ފީފާގެ ރައީސް ހުކުރު ދުވަހު ރާއްޖެ އަށް
ފީފާގެ ރައީސްގެ ތައުރީފު އެފްއޭއެމްގެ މަސައްކަތަށް