08 ޖެނުއަރީ 2023
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްކަމުގެ މަގާމަށް، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ އިއްޔެ އިންތިޚާބުކޮށްފި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްކަމުގެ މަގާމަށް، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ އިއްޔެ އިންތިޚާބުކޮށްފި އެވެ.
މެކާތީ އަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން މި ލިބިވަޑައިގަތީ، ވިދިވިދިގެން ހަތަރު ދުވަސް މަތިން 15 ފަހަރު ވޯޓުލައިގެންނެވެ. މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރުމަށް ތިން ދުވަސް ވަންދެން ޖަލްސާކޮށް 14 ފަހަރު ވޯޓުލައިގެން ވެސް، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވި ހަތަރު ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބުނެވެ.
Speaker McCarthy: "Our very first bill will repeal the funding for 87,000 new IRS agents." pic.twitter.com/nliLLxraC2
— RNC Research (@RNCResearch) January 7, 2023
މިއީ އެމެރިކާގެ ތާރީޚުގައި ވެސް 1923 ވަނަ އަހަރަށް ފަހު، އެއް ބުރުން މަޖިލީހުގެ ރައީސަކު އިންތިޚާބު ނުކުރެވުނު ފުރަތަމަ ފަހަރެވެ. އަދި 1859 ވަނަ އަހަރަށް ފަހު، މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރުމަށްޓަކައި ނުވަ ފަހަރަށް ވުރެ ގިނަ ފަހަރު ވޯޓު ނަގަން ޖެހުނު ފުރަތަމަ ފަހަރު ވެސްމެ އެވެ.
ރައީސަކު އިންތިޚާބު ކުރުމަށް ނެގި 15 ވަނަ ބުރުގެ ވޯޓުގައި، ގާނޫނު ހަދާ މަޖިލީހުގައި ކެލިފޯނިއާ ތަމްސީލު ކުރައްވާ ކެވިން މެކާތީ، މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވީ 216 ވޯޓުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެ މަގާމަށް ވާދަ ކުރެއްވި، ނިއު ޔޯކް ތަމްސީލު ކުރައްވާ ހަކީމް ޖެފްރީޒްއަށް ލިބިވަޑައިގަތީ 212 ވޯޓެވެ.
Speaker McCarthy: "Thank you, Minority Leader Jeffries. Hakeem, I've got to warn you, two years ago, I got 100% of the vote from my conference." https://t.co/m3tARqA4EY pic.twitter.com/HUWlswb3fX
— Forbes (@Forbes) January 8, 2023
އޭގެ ކުރިން ބޭއްވި 14 ބުރުގައިވެސް، އެ މަގާމަށް ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް، މަގާމަށް އިންތިޚާބުވުމަށް ބޭނުންވާ އަދަދު ކަމަށްވާ 218 ވޯޓު ހަމައެއް ނުވި އެވެ. އެ 14 ބުރުގައި ވެސް، މެކާތީ އަށް ލިބިވަޑައިގަންނަވަމުން ގެންދެވީ، 200-202 ވޯޓެވެ. އަދި ހަކީމް ޖެފްރީސް އަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 212 ވޯޓެވެ.
ވޯޓުގެ އެންމެ ފަހު ބުރުގައި، މެކާތީ އިންތިޚާބުވީ މުޅި މަޖިލީހުގެ އަޣުލަބިއްޔަތުގެ ބަދަލުގައި، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަން އެ ގޮތަށް މެދުވެރިވީ، ވޯޓުގެ އެންމެ ފަހު ބުރުގައި، މެކާތީގެ ރިޕަބްލިކަން ޕާޓީގެ ހަ މެމްބަރަކު ވޯޓުގައި ބައިވެރިނުވުމުންނާއި، ކުރީ ބުރުތަކުގައި ހަކީމް ޖެފްރީސް އަށް ވޯޓު ދެއްވި ބައެއް މެންބަރުން، މެކާތީ އަށް ވޯޓު ދެއްވުމުންނެވެ.
ވޯޓުގައި ބައިވެރިނުވި، ރިޕަބްލިކަން ޕާޓީގެ ހަ މެމްބަރުންނަކީ، އޭގެ ކުރީ ބުރުތަކުގައި ހަކީމް ޖެފްރީސް އަށް ވޯޓު ދެއްވި މެމްބަރުންނެވެ. ނަމަވެސް 15 ވަނަ ބުރުގެ ވޯޓުލުމުގައި އެ ހަ މެމްބަރުން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދެއްވަ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އާ ރައީސް ކެވިން މެކާތީ، އޭނާއާ ވާދަކުރެއްވި ހަކީމް ޖެފްރީސްއާ ސަލާމް ކުރައްވަނީ-- އޭއެފްޕީ
ނޮވެމްބަރު މަހު އިންތިހާބު ކުރި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އާ ދައުރު މިމަހުގެ 2 ވަނަ ދުވަހު ފެށީ މަޖިލީހުގެ ރައީސް އިންތިހާބު ކުރުން އެޖެންޑާ ކޮށްގެންނެވެ. ނަމަވެސް ތިން ދުވަސްމަތިން މަސައްކަތްކޮށްގެން ވެސް މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވި އެއްވެސް ބޭފުޅަކަށް، މަޖިލީހުގެ މެޖޯރިޓީ ތާއީދެއް ނުލިބުނެވެ.
މަޖިޅިހުގެ ރައީސަކުން ހޮވަން ބޭނުން ވަނީ 218 މެންބަރުންގެ ވޯޓެވެ. އެ މަގާމަށް އިއްޔެ އިންތިޚާބުވި މެކާތީ އަށް، ވޯޓުގެ ފުރަތަމަ ބުރުތަކުގައި އެކަށީގެންވާ މިންވަރަށް ވޯޓް ނުލިބުނީ އޭނާގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރު ވެސް އޭނާ އާ ދެކޮޅަށް ވޯޓް ދިނުމުންނެވެ. މަޖިލީހުގެ މިހާރުގެ ދައުރަށް ރިޕަބްލިކަން ޕާޓީގެ 222 މެންބަރުން އިންތިޚާބުވެފައިވާ އިރު، އޭގެ ތެރެއިން 20 މެންބަރަކު ވޯޓު ދިނީ އެހެން ކެންޑިޑޭޓުންނަށެވެ.
މަޖިލީހުގެ އާ ދައުރު ފެށިގެން ދާއިރު، ހަނި އަޣުލަބިއްޔަތަކުން ނަމަވެސް، މަޖިލީހުގެ ކޮންޓްރޯލް އޮންނާނީ އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށެވެ. އެހެން ނަމަވެސް، މަޖިލީހުގެ މަތިގޭގެ ފުރިހަމަ އޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ކަމަށްވާތީ، އާއި ރިޕަބްލިކަން ޕާޓީގެ އެތެރޭގައި ވެސް، މެކާތީ އަށް މާ ބޮޑު ތާއީދެއް ނެތުމުން، ތިރިގޭގެ ކޮންޓްރޯލް ގެއްލުމަކީ، ރައީސް ބައިޑެންގެ ސަރުކާރަށް މާ ބޮޑު ގޮންޖެހުމަކަށް ނުވާނެ އެވެ.
އެމެރިކާގެ މަޖިލީހުގެ ރައީސް މަގާމުން އަޒުލުކޮށްފި
އެމެރިކާގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަނީ
އެމެރިކާގެ ކޮންގްރެސްގެ މައިނޯރިޓީ ލީޑަރަކަށް ހަކީމް
ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަނުންނަށް
ޕްރައުޑް ބޯއީސްގެ ލީޑަރު 22 އަހަރަށް ޖަލަށް
އެމެރިކާގެ ވެރިން ތައިވާންގެ ރައީސް ބައްދަލުކުރައްވަނީ
ބައިޑެން ޗައިނާ އަށް: ނަމަނަމަ ގޯހެއް ނުހަދާތި
އެމެރިކާގެ ރިޕަބްލިކަނުން އިލްހާން އުމަރާ ދެކޮޅަށް
އިދިކޮޅު ޕާޓީން ބައިޑެންގެ ސަރުކާރު ތަހުގީގުކުރަނީ
ޔޫކްރޭން ދުވަހަކުވެސް އަމާނެއް ނުދޭނެ: ޒެލެންސްކީ