03 އޮކްޓޯބަރ 2023
ވޮޝިންޓަން (އޮކްޓޯބަރު 3) - އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީ އެ މަގާމުން ދުރު ކުރުމަށް، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ނުފޫޒު ގަދަ މެމްބަރެއް ކަމަށްވާ މެޓް ގޭޓްޒް، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 3) - އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީ އެ މަގާމުން ދުރު ކުރުމަށް، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ނުފޫޒު ގަދަ މެމްބަރެއް ކަމަށްވާ މެޓް ގޭޓްޒް، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
މެކާތީ އާއި ގޭޓްޒްއަކީ ވެސް ރިޕަބްލިކަން ޕާޓީގެ ދެ ބޭފުޅުން ކަމުގައި ވިޔަސް، މެކާތީ މަގާމުން ދުރުކުރުމުގެ މަސައްކަތް ގޭޓްޒް ފެއްޓެވީ، ރައީސް ޖޯ ބައިޑެންގެ ސަރުކާރު ހުއްޓުނަ ނުދިނުމުގެ ގޮތުން ހުށަހެޅި ބިލަށް އޭނާ ތާއީދު ކުރައްވައި، މަޖިލީހުން ފާސްކޮށްދެއްވުމުންނެވެ. އެ ބިލަކީ އެމެރިކާގެ ދަރަނި، އެ ގައުމުގެ މަޖިލީހުން ފާސްކޮށްދީފައިވާ އެންމެ މަތީ މިންވަރަށް ފޯރުމާ ގުޅިގެން، ސަރުކާރު ހުއްޓިދާނެ ކަމުގެ ބިރު އުފެދިފައިވާތީ، އެމެރިކާ ސަރުކާރުން ހުށަހެޅި ބިލެކެވެ.
ކެވިން މެކާތީ މަގާމުން ދުރު ކުރުމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް އިއްޔެ ހުށަހެޅުއްވުމަށް ފަހު، ގޭޓްޒް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ ތެރެއިން އެކަމަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް މަދު ނޫން ކަމަށެވެ.
"މި މައްސަލައިގައި ކުރިއަށް ދިއުމަށް، އަޅުގަނޑާ އެކުގައި ރިޕަބްލިކަން ޕާޓީގެ އެކަށީގެންވާ އަދަދެއްގެ މެމްބަރުން އެބަ ތިއްބެވި. ކުރިއަށް އޮތް ހަފުތާގައި ދެ ގޮތުން ކުރެ ކޮންމެވެސް އެއް ގޮތަކަށް ނިމިގެން ދާނެ. އެއް ގޮތަކީ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުގައި މެކާތީ ނުހުރުން، އަނެއް ގޮތަކީ، ގާނޫނު ހަދާ މަޖިލީހުގައި ޑިމޮކްރެޓިކް ޕާޓީ ހިތްހަމަ ޖައްސައިދޭ ރައީސެއްގެ ގޮތުގައި މެކާތީ ހުންނެވުން،" ގޭޓްޒް ވިދާޅުވި އެވެ.
މެކާތީ މަގާމުން ދުރުކުރެވޭނެ ކަމަށް ގޭޓްޒް އުންމީދު ކުރެއްވި ނަމަވެސްމ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް، ނުވަތަ ޚަރަދު ކުރުމުގައި އިސްކަން ދޭ ކަންތައް އަލުން މުރާޖައާ ކުރުމަށް، ރިޕަބްލިކަން ޕާޓީގެ ފަރާތުން ގޮވާލައްވާ މެންބަރުން ވެސް ގެންދަވަނީ، މެކާތީ އެ މަގާމުން ދުރުކުރުމަށް ދެކޮޅު ހައްދަވަމުންނެވެ.
ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަނުންނަށް
އެމެރިކާގެ މަޖިލީހުގެ ރައީސް މަގާމުން އަޒުލުކޮށްފި
އެމެރިކާގެ ވެރިން ތައިވާންގެ ރައީސް ބައްދަލުކުރައްވަނީ
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް މެކާތީ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް