ހުޅުމާލޭގައި ދިރިއުޅޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށް ސްކޫލު ބަހުގެ ހިދުމަތް އެ ސްކޫލުން ތައާރަފްކޮށްފި އެވެ.
12 ޖެނުއަރީ 2023
ހުޅުމާލޭގައި ދިރިއުޅޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށް ސްކޫލު ބަހުގެ ހިދުމަތް އެ ސްކޫލުން ތައާރަފްކޮށްފި އެވެ.
ހުޅުމާލެއިން އެ ސްކޫލަށް 23 ކުދިން ބަހުގައި ދަތުރުކުރެ އެވެ.
އެ ސްކޫލުގެ ހެޑް އޮފް ހިއުމަން ރިސޯސް، އަހުމަދު ނައީމް އުމަރު "މިހާރު" އަށް ވިދާޅުވީ ހުޅުމާލެއިން ސްކޫލަށް އައިސް، ގޮސް އުޅޭ ވަރަށް ގިނަ ދަރިވަރުން އުޅޭ ކަމަށެވެ. ދަރިވަރުންނަށް ބަހުގެ ހިދުމަތް ދިނުމަށް ނިންމީ ކުދިންނަށް އެންމެ ރައްކާތެރި ގޮތަކީ ކޮބައިތޯ ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވިއްސާރަ ދުވަސްކޮޅެއް ވެއްޖިއްޔާ ވަރަށް ނުރައްކާތެރި ކަމަކަށް ވަނީ ބްރިޖްމަތީގައި ސައިކަލު ދަތުރުކުރުން. އެހެންވެ ކުދިންނަށް ރައްކާތެރިކަމާ އެކު ސްކޫލަށް އައިސް ގޮސް ހެދޭނެ ގޮތެއް ފަހިކޮށްދިނުމަށް ސްކޫލު ބަސް ތައާރަފް ކުރީ." ނައީމް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ސްކޫލު ބަސް ތައާރަފް ކުރުމަށް މަޝްވަރާ ކުރީ މިހާރު ވެސް މާލޭގައި ބަހުގެ ހިދުމަތް ދެމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީއާ ކަމަށާއި ނަމަވެސް އެ ކުންފުންޏަށް އެކަން ވާން ނެތުމުން އަމިއްލަ ބަޔަކާ ހަވާލު ކުރީ ކަމަށް ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަހުގެ ހިދުމަތް ދެމުން އަންނަ ފަރާތާ ބެލެނިވެރިންނާ މަޝްވަރާ ކޮށްގެން ނިންމި މި ހިދުމަތުގައި މަހަކު ވަކި ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
ހުޅުމާލޭގައި ދިރިއުޅޭ ގިޔާސުއްދީން ސްކޫލު ދަރިވަރުންނަށް ހާއްސަކޮށް ތައާރަފްކުރި ބަސް އެ ސްކޫލު ދޮރުމަތީ މަޑުކޮށްލައިގެން؛--
"އަޅުގަނޑުމެންގެ ސްޓާފުން ތިބޭނެ ބަހުގައި. ހުޅުމާލެ އެންމެ ފުރަތަމަ ސްޓޮޕުން ބަހަށް އަރާނެ ސްކޫލުގެ ސްޓާފެއް. ދެން އެންމެ ފަހު ކުއްޖާއާ އެއްކޮށް ބަހުން ފައިބާނީ. ބަހުގައި ވެސް ތިބޭނެ ޓީޗަރުން. ސްކޫލު ކައިރިއަށް ބަސް ހުއްޓީމަ ޓީޗަރުން، ދަރިވަރުން ނަގައިގެން ކްލާސްތަކަށް ގެންދާނެ. ނިންމާލައިފަ ވެސް ހަމަ އެހެން އިންނާނީ، ޓީޗަރުން ބަހަށް އަރާނެ ކުދިންނާ އެކު،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ އެހީތެރިކަން މިކަމަށް ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.
"ސްކޫލު ކައިރީގައި މަޑުކޮށްލީމަ ކުދިން ފައިބަންދެން ވެސް އަދި ކުދިން ސްކޫލު ނިންމައިފަ ބަހަށް އަރަންދެން ވެސް ފުލުހުން ތިބޭނެ."
މިދިޔަ އަހަރުފެށި، އާ އަހަރުގެ ކިޔެވުމާ އެކު ސްކޫލު ބަސް ތައާރަފްކޮށް، އެ ހިދުމަތް ފަށަން މަސައްކަތް ކުރި ނަމަވެސް އެ ހިދުމަތް ދޭން ފެށުނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ނައީމް ވިދާޅުވި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭ ސްކޫލަށް އައިސް އެނބުރި ދިއުމަށް އިންތިޒާމު ހަމަޖައްސައިދޭން ސްކޫލް ބަސް ތައާރަފު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ވެސް ނިންމި އެވެ. ނަމަވެސް ބަސްތައް ނުލިބި އެ ހިދުމަތް އަދި އޮތީ ނުފެށިފަ އެވެ.
އަހުމަދިއްޔާގެ ދަރިވަރުންނަށް ހާއްސަކޮށް ސްކޫލް ބަހެއް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު
އެޗްޑީސީގެ ހަތަރު މުވައްޒަފަކު އަދިވެސް ސަސްޕެންޝަންގައި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި
އައިޑީކާޑުގައި ހުޅުމާލޭގެ ބަދަލުގައި "ހމ" ޖަހަނީ
ފާޑުކިޔުންތަކާ އެކު، ނިންމުން ބަދަލުކޮށް ގަސް އިންދަނީ