ހުޅުމާލޭގައި ދިރިއުޅޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށް ސްކޫލް ބަހުގެ ހިދުމަތް ފަށަން ނިންމައިފި އެވެ.
13 އޯގަސްޓް 2023
ހުޅުމާލޭގައި ދިރިއުޅޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށް ސްކޫލް ބަހުގެ ހިދުމަތް ފަށަން ނިންމައިފި އެވެ.
މާލެ ސަރަހައްދުގައި އާބާދީ އެންމެ ބޮޑު އެއް ސްކޫލް ކަމަށްވާ އަހުމަދިއްޔާގައި ދެ ދަންފަޅިއަށް ކިޔަވައިދޭއިރު، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 2،500 އެއްހާ ކުދިން އުޅެ އެވެ.
ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުގެ 200އެއްހާ ދަރިވަރުން ހުޅުމާލޭގައި ދިރިއުޅޭ ކަމަށެވެ.
އެ ދަރިވަރުންނަށް ބަހުގެ ހިދުމަތް ދޭން ނިންމީ ކުދިންނަށާއި ބެލެނިވެރިންނަށް ވެސް ލުއިފަސޭހަ ގޮތެއް ހޯދައިދޭން ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މަޝްވަރާ ކުރަމުން މި ދަނީ ބަޔަކާ އެކު. އަންނަ މަސްތެރޭ ބަހުގެ ހިދުމަތް ފެށޭނެކަމަށް އުންމީދު ކުރަނީ،" ރަޝީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލްތަކަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން ސްކޫލް ބަސް ތައާރަފުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވެސް މަސައްކަތްކުރެ އެވެ. ނަމަވެސް ބަސްތައް ނުލިބި އެ ހިދުމަތް އަދި އޮތީ ނުފެށިފަ އެވެ.
އަހުމަދިއްޔާ ސްކޫލްގެ އާ އިމާރާތެއް ހުޅުމާލޭގައި އަޅަން އެ ސްކޫލަށް 43،000 އަކަފޫޓުގެ ބިމެއް ކަނޑައަޅައި އެތަނުގެ މަސައްކަތް ފަށަން ވެސް ވަނީ ތައްޔާރުވެފަ އެވެ. ސެންޓްރަލް ޕާކް ސަރަހައްދުން އަހުމަދިއްޔާ އަށް ހަމަޖެއްސީ މިހާރު މާލޭގައި ހިންގާ ސްކޫލްގެ ޖާގައަށް ވުރެ ހަތަރު ގުނަ ބޮޑު ތަނެކެވެ.
އަހުމަދިއްޔާ އަށް ހުޅުމާލެއިން ބިމެއް ދެނީ
ގިޔާސުއްދީން ދަރިވަރުންނަށް ހާއްސަ ސްކޫލު ބަހެއް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު
އެޗްޑީސީގެ ހަތަރު މުވައްޒަފަކު އަދިވެސް ސަސްޕެންޝަންގައި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި
އައިޑީކާޑުގައި ހުޅުމާލޭގެ ބަދަލުގައި "ހމ" ޖަހަނީ