ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ހުޅުވައިލި އިންކަމް ސަޕޯޓް އެލަވަންސް އޮޅުވާލައިގެން ހޯދި މީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ފައިސާ އަނބުރާ ދައްކައިފި އެވެ.
14 ޖެނުއަރީ 2023
ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ހުޅުވައިލި އިންކަމް ސަޕޯޓް އެލަވަންސް އޮޅުވާލައިގެން ހޯދި މީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ފައިސާ އަނބުރާ ދައްކައިފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމެއްގައި ބުނެފައި ވަނީ އިންކަމް ސަޕޯޓަށް އެދި އިކޮނޮމިކް މިނިސްޓްރީ އަށް ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޯމެއް ހުށަހަޅައި 5000ރ. ހޯދާފައިވާ ކަމަށެވެ.
އެ ފައިސާ އަނބުރާ ދައްކަން ތަކުރާރުކޮށް އެދުމަށް ފަހު ވެސް އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރުމުން އޭނާ ދައުވާ އަށް އެއްބަސްވީ އެވެ. އަދި ސެޕްޓެމްބަރު 1 2022 ގެ ކުރިން ފައިސާ ދައްކަން އެއްބަސްވެ އެ މުއްދަތުގައި އޭނާ ވަނީ ފައިސާ ވެސް އަނބުރާ ދައްކައިފަ އެވެ.
އެހެންކަމުން އިކޮނޮމިކް މިނިސްޓްރީން ވަނީ އެ މީހާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
ސިވިލް ކޯޓުން ވަނީ ދައުވާ އަނބުރާ ގެންދިއުމުން މައްސަލަ އެ ހިސާބުން ނިންމާލައިފަ އެވެ.
ކޮވިޑުގެ ތެރޭ ސަރުކާރުން ދިން އިންކަމް ސަޕޯޓް އެލަވަންސް އާ ގުޅިގެން ހަދާފައިވާ އޮޑިޓް ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި އެކި ފަރާތްތަކުން އޮޅުވާލައިގެން ދައުލަތުން ފަސް މިލިއަނެއްހާ ރުފިޔާ ވަނީ ނަގައިފަ އެވެ.
އޭގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން 213,884ރ. އަނބުރާ ހޯދާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެ އެވެ.
ކޮވިޑް އެންމެ ބާރަށް ފެތުރެމުން އައި 2020 ވަނަ އަހަރު ނިމުނު އިރު ސަރުކާރުން ވަނީ އިންކަމް ސަޕޯޓުގެ ގޮތުގައި 22,946 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
އެއް ނަމެއްގައި ދެ ކުންފުނި ރަޖިސްޓަރީ ކުރުމުން ކޯޓަށް
ސީލައިފަށް ދައުވާކުރި މީހުންނަށް ދައުލަތުން ބަދަލުދެނީ
ސަލްޓަންސްގެ މައްސަލާގައި ދައުލަތަށް އަމުރެއް ނުކުރި
އަޝްފާގުގެ ދަރަނި ހަ މަސް ތެރޭ ދައްކަން ހުކުމެއް
އަނބިކަނބަލުންގެ ހުކުމާ އެކު ފައިސަލްއަށް ފައިސާތަކެއް
ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީއަށް
ބިދޭސީންގެ ގަވައިދާހިލާފު ވިޔަފާރިތަކަށް ފިޔަވަޅު އަޅަނީ
އިސްތިއުނާފް ބެންޗްގައި އަމުރު ނެރުއްވި ފަނޑިޔާރު
ސަންފްރޮންޓު މައްސަލަ 4 މަސް ކުރިން އިސްތިއުނާފުުކޮށްފި
ސަން ފްރަންޓަށް ބަދަލުގެ ގޮތުގައި ދިނީ ދެގުނަ ބޮޑުކޮށް