Roadha Mihaaru

މުޖުތަމައުގައި ދަމަހައްޓަންޖެހޭ މުހިންމު ސިފަތަކެއް

އިސްލާމީ މުޖުތަމައަކީ ވަރަށް ގިނަ މުހިންމު ސިފަތަކެއް އެކުލެވޭ މުޖުތަމައެކެވެ. ތެދުވެރިކަމާއި އަދުލުވެރިކަމާއި ހަމަހަމަ ކަމާއި އުހުއްވަތްތެރިކަން ފަދަ ވަރަށް މުހިންމު ސިފަތައް އޭގެ ތެރޭގައި ހިމެނެ އެވެ. މި ސިފަތައް މުޖުތަމައުގައި ދެމެހެއްޓޭ ކަމަށް ވާ ނަމަ އެ މުޖުތަމައަކީ އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކަށް ވާނެ އެވެ. އަދި އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިހުތިރާމު ކުރުން އެ މުޖުތަމައުގައި އޮންނާނެ އެވެ. ނަތީޖާއަކީ މުޖުތަމައު ތަރައްގީވުމާއި ބާއްޖަވެރި ދިރިއުޅުމެއް މުޖުތަމައުގެ އެންމެންނަށް ވެސް ލިބުމަށް މަގުފަހިވެގެން ދިއުމެވެ.

މުޖުތަމައުގައި ދަމަހައްޓަންޖެހޭ މުހިންމު ސިފަތަކެއް
ޑރ. ސަޢުދުﷲ ޢަލީ
ޑރ. ސަޢުދުﷲ ޢަލީ

20 ޖެނުއަރީ 2023

އިސްލާމީ މުޖުތަމައަކީ ވަރަށް ގިނަ މުހިންމު ސިފަތަކެއް އެކުލެވޭ މުޖުތަމައެކެވެ. ތެދުވެރިކަމާއި އަދުލުވެރިކަމާއި ހަމަހަމަ ކަމާއި އުހުއްވަތްތެރިކަން ފަދަ ވަރަށް މުހިންމު ސިފަތައް އޭގެ ތެރޭގައި ހިމެނެ އެވެ. މި ސިފަތައް މުޖުތަމައުގައި ދެމެހެއްޓޭ ކަމަށް ވާ ނަމަ އެ މުޖުތަމައަކީ އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކަށް ވާނެ އެވެ. އަދި އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިހުތިރާމު ކުރުން އެ މުޖުތަމައުގައި އޮންނާނެ އެވެ. ނަތީޖާއަކީ މުޖުތަމައު ތަރައްގީވުމާއި ބާއްޖަވެރި ދިރިއުޅުމެއް މުޖުތަމައުގެ އެންމެންނަށް ވެސް ލިބުމަށް މަގުފަހިވެގެން ދިއުމެވެ.

ކުރިން އިޝާރާތްކުރި ފަދަ މައިގަނޑު ސިފަތަކުގެ އިތުރުން އެއާ ގުޅުން ހުރި ވަކިވަކި ފަރުއީ ސިފަތަކެއް ވެސް ވެ އެވެ. މިސިފަތަކަކީ ވެސް މުޖުތަމައުގައި ދެމެހެއްޓުން ހަމަ އެހާމެ މުހިންމު ސިފަތަކެކެވެ. ކީރިތި ޤުރުއާނުގެ އަލްއިސްރާއު ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 37 ވަނަ އާޔަތުގެ ނިޔަލަށް މި ދެންނެވި ފަދަ ވަރަށް މުހިންމު ސިފަތަކެއް މާތް ﷲ ބަޔާން ކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި މުސްލިމުން ކުރަން ލާޒިމުވާ ކަންތައްތަކަކާއި ނުކޮށް ދޫކޮށްލަން ލާޒިމުވާ ކަންތައްތަކެއް ހިމެނެ އެވެ.

އެންމެ ފުރަތަމަ 23 ވަނަ އާޔަތުގައި އަންގަވާފައި ވަނީ މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. އެއާ ވިދިގެން ދެން އަމުރު އަންނަނީ މައިންބަފައިންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށެވެ. ހެޔޮކޮށް ކަންތައް ކުރުމުގެ ގޮތުން ކުރަން ޖެހޭ ބައެއް ކަންކަން އެ އާޔަތުގައާ ޖެހިގެން އޮތް އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ. ފުރަތަމަ ކަމަކީ ހިތްހަމަނުޖެހުމުގެ ގޮތުން ކިތަންމެ ކުޑަބަހެއް އާދެ، "އުފް" ނަމަވެސް ނުބުނުމެވެ. ދެވަނަ ކަމަކީ އެ ދެމީހުންނަށް އަޑުލައި ނުހެދުމެވެ. ތިން ވަނަ ކަމަކީ އެ ދެމީހުން ފަހަރެއްގައި ގޯސްކޮށް ކަމެއް ކުޅަ ނަމަވެސް މާތް ދީލަތި ބަހުން އެ ދެމީހުންނާ ވާހަކަ ދެއްކުމެވެ. ހަތަރުވަނަ ކަމަކީ އޯގާތެރިވުމުގެ ގޮތުން، ނިކަމެތި ކަމުގެ ފިޔަ، އެ ދެމީހުންނަށްޓަކައި ތިރިކޮށްލުމެވެ. އެ ބަހީ އިންތިހާ ދަރަޖައަށް އެ ދެމީހުންނަށް އޯގާތެރިވުމެވެ. ފަސްވަނަ ކަމަކީ އެ ދެމީހުންނަށް ހެޔޮ ދުއާ ކުރުމެވެ. އާދެ، "ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ކުޑަކުއްޖަކު ކަމުގައި ތިމަންވީ ދުވަހު ތިމަންގެ ހާލު ބަލައި ބޮޑުކުޅަ ފަދައިން އެ ދެމީހުންނަށް ރަހުމަތް ލައްވާފާނދޭވެ!" މި ގޮތަށް ދުއާ ކުރުމެވެ.

މި ތަނުގައި މާތް ﷲ ހަރާމް ކުރައްވަނީ ޒިނޭ ކުރުން އެކަންޏެއް ނޫނެވެ. ޒިނޭއާ ވައި ވެސް ނޭޅުމެވެ. އެ ބަހީ ޒިނޭ އަށް މަގުފަހިވާނެ ހުރިހާ ކަމަކުން ދުރުހެލިވުމެވެ. އެހެނީ ޒިނޭއަކީ ހުތުރުކަން ބޮޑުވެގެންވާ ފާފަ އެކެވެ. އަދި މަގެއްގެ ގޮތުން ނުބައިވެގެންވާ މަގެކެވެ. ޒިނޭ އަށް މަގުފަހިވާ ކަންކަމުގެ އެންމެ ކުރިއަށް އަންނަނީ އެދުންވެރިކަމާ އެކު ހިލޭ މީހުންނަށް ބެލުމެވެ. މިފަދަ ބެލުމަކީ ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާ ގޮތުގައި އިބިލީހުގެ ތީރުތަކުން ތީރެކެވެ. އެ ތީރުގެ ނުރައްކަލަކީ ބެލުމާ ހަމައިން ނުފުދި ދަރަޖައަކުން ދަރަޖައަކުން ގާތްވަމުން ގޮސް ޒިނޭއަށް އަރައިގަތުމެވެ. ޒިނޭގެ ފާހިޝް އަމަލުތަކާ ގުޅިފައިވާ އެ އަށް ވުރެ ނުބައިކަން ބޮޑު ފާފައަކީ އެއްޖިންސުން ގުޅުން ހިންގުމެވެ.

ދެން އެ އަށް ފަހު 26 ވަނަ އާޔަތުގައި އަންގަވާފައި ވަނީ ގާތްތިމާގެ މީހުންނާއި މިސްކީނުންނާއި ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެ މީހުންގެ ހައްގުތައް އަދާކުރުމަށެވެ. އެ ބަހީ އެ މީހުންނަށް އަޅާލައި އެ މީހުންގެ މުހުތާދުތައް ފުރިހަމަ ކޮށްދިނުމެވެ. އަދި އިސްރާފު ނުކުރުމަށެވެ. ވިދިގެން އޮތް އާޔަތުގައި ބަޔާން ކުރައްވަނީ އިސްރާފު ކުރާ މީހުންނަކީ ޝައިތާނުންގެ އަހުން ކަމުގަ އެވެ. އަދި ޝައިތާނާ ވަނީ ހެއްދެވި ފަރާތަށް ކުފުރުވެފައި ކަމުގަ އެވެ. އާދެ، އިސްރާފު ކުރުމުގެ ހުރި ނުބައިކަން ބަޔާން ކުރެއްވުމަށް ފަހު އަނެއްކާ ބަޔާން ކުރައްވަނީ ހޭދަކޮށް އުޅުމުގައި އިސްލާމް ދީނުގައި އޮންނަ ރީތި މެދުމިނުގެ ގޮތުގައި ހިފެހެއްޓުމުގެ ވާހަކަ އެވެ. ކަނދުރާއާ އެކު ކަސްތަޅު އެޅިގެންވާ ގޮތުގައި އަތްތިލަ ނުބޭއްވުމާއި މުޅިން ފަތުރާލުމަކުން އަތްތިލަ ފަތުރާ ނުލުމަށް އެންގެވުމުގެ މުރާދަކީ މުށްބާރު ނުކުރުމާއި އަތްމަތި ހުސްކޮށް ހޭދަ ނުކުރުމެވެ.

އެ ދެސިފަ އަކީ ވެސް މުޖުތަމައަށް ނުހަނު ގެއްލުންހުރި ދެ ސިފަ އެވެ. މުށްބާރު ކުރުމަކީ މުޖުތަމައުގައި ބޭނުންޖެހިފައި ތިބޭ މީހުންނާއި އަދި ހުދު ތިމާ އެ ބަޔަކަށް ހަރަދު ކުރަންޖެހޭ މީހުންނަށް އަޅާނުލެވި ނުވަތަ އެ މީހުންގެ ހައްގުތައް ގެއްލުވާލެވިގެންދާނެ ކަމެކެވެ. އަނެއްކޮޅުން ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މުޖުތަމައުގައި އެ ކަންކަމަށް ހޭދަކުރަންޖެހޭ މުހިންމު ކަންކަން އެއްފަރާތްކޮށް ބޭކާރު ގޮތުގައި މުދާތައް އިސްރާފު ކުރެވިގެންދާނެ ކަމެކެވެ. އެހެންކަމުން އެ ދެކަމުން ވެސް ދުރުހެލިވާން ޖެހޭނެ އެވެ. އަދި މެދުމިނެއްގައި އިގުތިސާދު ކުރެވެނިވި ގޮތުގައި ހަރަދުތައް ކުރުމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.

ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ ފަގީރުވެދާނެ ކަމުގެ ބިރަށްޓަކައި ދަރިން ނުމެރުމަށެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި އޮތް އެ ނުބައި އާދައަކީ ބޮޑުވެގެންވާ ކުށެއް ކަމުގަ އެވެ. ދަރިންނަށާ އެކު އެކަލާނގެ ރިޒުގު ދެއްވާނެ ކަން ވެސް އެ އާޔަތުގައި އަންގަވާފައި ވެ އެވެ. ވީމާ މި ޒަމާނުގައި އާއިލާ ރޭވުމުގައި މަސައްކަތް ކުރާ ހިނދު ފަގީރު ކަމުން ނުވަތަ ފަގީރުވެދާނެތީ ދަރިން ނުހޯދާ ތިބުމަކީ މާތް ﷲ އަށް އީމާންވާ އީމާންވުމާ ފުށުއަރާ ކަމެކެވެ. އެކަލާނގެ އިންސާނުންނަށް ދެއްވާ ނިއުމަތާ މެދު ޝައްކުކޮށް، އަމިއްލަ ވިސްނުން މާ މޮޅު ކަމަށް ހީވެ ބޮޑާވެވޭ ބޮޑާވުމެއް ކަމުގައި ނޫނީ ހަމަ ޔަގީނުން ވެސް އެކަން ނުވާނެ އެވެ.

ތިރީސް ދެވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ ޒިނޭއާ ގާތް ނުވުމަށެވެ. މި ތަނުގައި މާތް ﷲ ހަރާމް ކުރައްވަނީ ޒިނޭ ކުރުން އެކަންޏެއް ނޫނެވެ. ޒިނޭއާ ވައި ވެސް ނޭޅުމެވެ. އެ ބަހީ ޒިނޭ އަށް މަގުފަހިވާނެ ހުރިހާ ކަމަކުން ދުރުހެލިވުމެވެ. އެހެނީ ޒިނޭއަކީ ހުތުރުކަން ބޮޑުވެގެންވާ ފާފަ އެކެވެ. އަދި މަގެއްގެ ގޮތުން ނުބައިވެގެންވާ މަގެކެވެ. ޒިނޭ އަށް މަގުފަހިވާ ކަންކަމުގެ އެންމެ ކުރިއަށް އަންނަނީ އެދުންވެރިކަމާ އެކު ހިލޭ މީހުންނަށް ބެލުމެވެ. މިފަދަ ބެލުމަކީ ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާ ގޮތުގައި އިބިލީހުގެ ތީރުތަކުން ތީރެކެވެ. އެ ތީރުގެ ނުރައްކަލަކީ ބެލުމާ ހަމައިން ނުފުދި ދަރަޖައަކުން ދަރަޖައަކުން ގާތްވަމުން ގޮސް ޒިނޭއަށް އަރައިގަތުމެވެ. ޒިނޭގެ ފާހިޝް އަމަލުތަކާ ގުޅިފައިވާ އެ އަށް ވުރެ ނުބައިކަން ބޮޑު ފާފައަކީ އެއްޖިންސުން ގުޅުން ހިންގުމެވެ. މިއީ އިންސާނީ ތަބީއަތާ ވެސް ދުރުކަމަކަށް ވާއިރު މިފަދަ އަމަލު ކުރާ މީހުންނަށް ޒިނޭގެ އުގޫބާތަށް ވުރެ ބޮޑު އުގޫބާތެއް ތައުޒީރުގެ ގޮތުގައި ދެވިދާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

އިސްލާމީ މުޖުތަމައުގައި ހުންނަން ޖެހޭ މުހިންމު ސިފަތަކެއްގެ ގޮތުގައި ސޫރަތުގައި ބަޔާންކުރައްވާފައިވާ ސިފަތައް 35 އިން 37 އަށް ނިންމާލާފައިވަނީ މިނެކިރުމުގައި ސީދާވެގެންވާ ހަމަ ތިލަފަތުން މިނެކިރުމަށް އަމުރު ކުރައްވާފަ އެވެ. އަދި އެ ކަމަކާ މެދު އެނގުމެއް ނުވާ ކަންކަމަށް ތަބާ ނުވުމަށް އަމުރު ކުރައްވާފަ އެވެ.

ދެން ސޫރަތުގެ 33 ވަނަ އާޔަތުގައި އަންގަވަނީ މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ އިންސާނާ އެއްވެސް ހައްގަކާ ނުލައި ނުމެރުމަށެވެ. އެހެން އާޔަތަކުން އެނގޭ ގޮތުގައި އެންމެ ފުރާނައެއް ވިއަސް ހައްގަކާ ނުލައި ދުއްވާލުމަކީ މުޅި އިންސާނިއްޔަތު އެކީ ގަތުލުކުރުން ފަދަ ކަމެކެވެ. ވީމާ މިއީ އިސްލާމީ މުޖުތަމައުން އެއްވެސް ހާލެއްގައި ފެނިގެން ވާނެ އަމަލެއް ނޫނެވެ. ސޫރަތުގެ 34 ވަނަ އާޔަތުގައި ދެން އަންގަވަނީ ހެޔޮ ގޮތުގައި ނޫނީ ޔަތީމުންގެ މުދަލާ ގާތް ނުވުމަށެވެ. އެއީ އެ ކުދިން ބޮޑުވެ ތަސައްރަފު ފުދެންދެނެވެ. އެއާ އެކު ހަމަ އެ އާޔަތުގައި ދެން އަންގަވަނީ އަހުދުތައް ފުއްދުމަށެވެ. ސަބަބަކީ އަހުދުތަކަކީ ގިޔާމަތް ދުވަހުން އެ އާމެދު މަސްއޫލުވާން ޖެހޭ ކަމެކެވެ.

އިސްލާމީ މުޖުތަމައުގައި ހުންނަން ޖެހޭ މުހިންމު ސިފަތަކެއްގެ ގޮތުގައި ސޫރަތުގައި ބަޔާންކުރައްވާފައިވާ ސިފަތައް 35 އިން 37 އަށް ނިންމާލާފައިވަނީ މިނެކިރުމުގައި ސީދާވެގެންވާ ހަމަ ތިލަފަތުން މިނެކިރުމަށް އަމުރު ކުރައްވާފަ އެވެ. އަދި އެ ކަމަކާ މެދު އެނގުމެއް ނުވާ ކަންކަމަށް ތަބާ ނުވުމަށް އަމުރު ކުރައްވާފަ އެވެ. މިގޮތަށް އަމަލުކުރަންޖެހެނީ އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ކަމަކީ އެ ކަންކަމާމެދު ސުވާލު ކުރެވޭނެ ކަންކަމަށް ވާތީ އެވެ. މި އާޔަތްތަކުގައި އެންމެ ފަހު ކަމަކަށް އަންގަވާފައި ވަނީ ބޮޑާވެގެން ހުރެ ބިންމަތީގައި ހިނގައި ނޫޅުމަށެވެ. އެހެނީ އިންސާނާ އަކީ ނިކަމެއްޗެކެވެ. ކިތަންމެ ބޮޑާވެގެން އުޅުނަސް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެ އެވެ. އަދި ފަރުބަދަތަކާ ހަމައަށް އިސްކޮޅުން ދެމި ނުގަނެވޭނެ އެވެ.

މިއީ އިސްލާމީ މުޖުތަމައެއްގެ އަފްރާދުންގެ ކިބައިގައި ކޮންމެހެން ހުރުން ވަރަށް މުހިންމު ސިފަތަކެކެވެ. އެ ސިފަތައް މުޖުތަމައުގައި ދެމެހެއްޓުމުގެ ހެޔޮ ތައުފީގު މާތް ﷲ އަޅަމެން އެންމެންނަށް ދެއްވާށި އެވެ!