22 ޖެނުއަރީ 2023
ގއ. ވިލިނގިއްޔަކީ މީގެ ކުރިން އިދިކޮޅު ޕީޕީއެމްގެ "ކިއްލާ"އެއް ކަމަށް ވިޔަސް މިހާރު އެއީ އެމްޑީޕީގެ "ކިއްލާ" އެއް ކަމަށް އެ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިއްޔަކީ މީގެ ކުރިން އިދިކޮޅު ޕީޕީއެމްގެ "ކިއްލާ"އެއް ކަމަށް ވިޔަސް މިހާރު އެއީ އެމްޑީޕީގެ "ކިއްލާ" އެއް ކަމަށް އެ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
"އެމްޑީޕީގެ ހުވަދު އަތޮޅުގެ ކިއްލާއަކީ ވިލިނގިލި،" އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވިލިނގިލީގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވި އެވެ.
"މި ކިއްލާ އެމްޑީޕީގެ ކިއްލާއަކަށް ހައްދަވައި ދެއްވީ މިއަދު މި ތާނގައި މި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. މިއީ އެމްޑީޕީ އަށް ލިބޭ ކުރިއެރުމަކީ."
މިދިޔަ އަހަރުގެ ޖުލައި މަހު އެމްޑީޕީ އަށް ސޮއިކުރެއްވި، ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ވިދާޅުވިގޮތުގައި، މީގެ ކުރިން ވިލިނގިލީގައި އެމްޑީޕީ ކުރިނާރައި އޮތީ ހުއްޓިފަ އެވެ. އެކަމަކު، މިއަދު މި ރަށުގައި އެމްޑީޕީ "ދަނީ ބާރަށް ކުރިއަށް" ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިލިނގިލީގައި.
"މުޅި މި ހުވަދު އަތޮޅުގައި އެމްޑީޕީ މިދަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަރައިގެން. ވަރަށް ވަރުގަދަކޮށް މިދަނީ،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދު ކުރިމަތިލައިގެން އުޅެނީ މިހާރު އޮތް "ސާފު" ވެރިކަން ދިފާއު ކުރަން ކަމަށާއި އެއީ މިހާތަނަށް ރާއްޖޭގައި އުފެދިފައި ނުވާ ވަރުގެ ވެރިކަމެއް ކަމަށެވެ.
"މިއީ ވައްކަން ކުރާ ވެރިކަމެއް ނޫން. މިއީ ދިވެހި ރައްޔިތުން ކޮވިޑްގެ ވަބާއިން، މުޅި ދުނިޔެ ތަހައްމަލު ކުރަމުން ދިޔަ ވަބާ އިން ދިވެހި ރައްޔިތުން ސަލާމަތް ކޮށްދިން ވެރިކަން. މިއީ ދިވެހި ދައުލަތުގެ ހަޒާނާ އިން ވައްކަންކުރި ވަގުންނަށް ހައްގު އަދަބު ދިން ސަރުކާރު،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވިލިނގިލީގެ މީހުން ނުކުމެ ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވަކި ފިކުރެއްގައި "ވަކި ބަޔަކު ބަގުޑި ބައްދައިގެން" އެބަތިބި ކަމަށާއި މިއަދު ފެންނަނީ އެހެން ބަޔަކަށް ޖާގަ ނުދިނުމުގެ ނަތީޖާ ކަަމަށެވެ.
"އެމްޑީޕީގެ ފިކުރު ދިރުވައި އާލާކޮށްދޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،" ސައުދު ވިދާޅުވި އެވެ.
ޔާމީންގެއިރު މަސްވެރިކަން އޮތީ އަނދަވަޅެއްގައި: ސައުދު
ޖަލަށްލި ބޭފުޅުން އިންތިހާބަށް؛ ރައީސް ދެއްކެވި ތަފާތު
ރައީސް، ޕާޓީއަށްޓަކައި ގުރުބާންވި މީހުންގެ ހިމާޔަތުގައި
ވިލިނގިލި-ކޫއްޑޫ ގުޅާލުމާއެކު އިބޫގެ ގިނަ ވައުދުތަކެއް
ސިޔާސީ ނުފޫޒަށް ލެނބޭ މީހަކަށް މަގާމުގައި ނުހުރެވޭނެ
ބާރުތައް އަތުލުން ރައްޔިތުން ގަބޫލެއް ނުކުރާނެ: އިބޫ
އެމްޑީޕީން ކުރި މަސައްކަތް ފެންނަން ހުންނާނެ: އާޒިމް
ދެ ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރަން ބޭނުން
އެމްޑީޕީ ލީޑަޝިޕްގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެއްޖެ
އިންޑިއާގެ ޓޫރިސްޓުން މަދުވެ ބޮޑު ގެއްލުމެއް: އިބޫ