ލަންޑަން (ޖެނުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ލުއީ ވެން ހާލް ކޯޗިން އިން ރިޓަޔާކޮށްފި އެވެ.
17 ޖެނުއަރީ 2017
ލަންޑަން (ޖެނުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ލުއީ ވެން ހާލް ކޯޗިން އިން ރިޓަޔާކޮށްފި އެވެ.
ވެން ހާލް ވަނީ 26 އަހަރު އެންމެ މަތީ ފެންވަރުގެ ކޯޗިންގައި މަސައްކަތްކޮށްފަ އެވެ. އުމުރުން 65 އަހަރުގެ ވެން ހާލް އެންމެ ފަހުން ކޯޗުކޮށްދިނީ ޔުނައިޓެޑަށެވެ. އެ ޓީމަށް މިދިޔަ ސީޒަނުގައި އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ނަމަވެސް އޭނާ އެ މަގާމުން ވަކިކުރި ފަހުން އެހެން ޓީމަކާ ހަވާލުނުވެ އެވެ.
ވެން ހާލް ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކުރީ ނެދަލެންޑްސް ސަރުކާރުން އޭނާ ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމަށް ދިން އެވޯޑާ ހަވާލުވުމަށް ފަހު އެވެ.
"އަހަރެން ވިސްނީ ފުރަތަމަ ކުރު މުއްދަތަކަށް ކޯޗިން އިން ދުރަށްދާން. އެކަމަކު މިހާރު ވިސްނުން އެއްކޮށް ބަދަލުވެއްޖެ. ދެން އެނބުރި ކޯޗިން އަށް އަހަރެން ނުދާނަން،" ވެން ހާލް ބުންޏެވެ. "އާއިލާ އަށް ވަގުތު ދޭން ބޭނުން. ވޭތުވެދިޔަ އަހަރުތަކުގައި އަަހަރެންގެ ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތައް ދިމާވެއްޖެ."
ކުޅަދާނަ މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަކުރެވުނު ވެން ހާލް ވަނީ އަޔެކްސްގެ އިތުރުން ނެދަލެންޑްސްގެ ގިނަ ކްލަބްތަކަށް ކުޅެފަ އެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ 1991 ވަނަ އަހަރު އަޔެކްސް އިންނެވެ. އޭނާ ދެ ވަނަ އަށް ކޯޗުކޮށްދިނީ 1997 އިން 2000 އަށް ސްޕެއިނުގެ ބާސެލޯނާ އަށެވެ. އެ ފަހަރު އޭނާގެ ކޯޗުކަމުގައި މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ކުޅުނެވެ.
2002 ވަަނަ އަހަރު ބާސެލޯނާގެ ފަރިތަކުރުމުގެ ތެރެއިން ވެން ހާލް (ވ) ބާސެލޯނާގެ އިނިއެސްޓާ އަށް ބުނެދެނީ.--
އޭގެ ފަހުން އޭނާ ފެނުނީ ނެދަލެންޑްސް ގައުމީ ޓީމުންނާއި އޭޒެޑް އަލްކްމާ އަދި ބަޔާން މިއުނިކުންނެވެ. އޭނާ 2014 ވަނަ އަހަރު ޔުނައިޓެޑާއި ހަވާލުވީވެސް އެ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި ނެދަލެންޑްސް އަށް ކޯޗުކޮށްދިނުމަށް ފަހު އެވެ.
ވެން ހާލްގެ ކޯޗިން ކެރިއަރުގެ ބޮޑެތި ކާމިޔާބީތަކަށް ބަލާއިރު އަޔެކްސް އަށް ތިން ފަހަރު ނެދަލެންޑްސްގެ ލީގު، ބާސެލޯނާ އަށް ދެ ފަހަރު ސްޕެނިޝް ލީގު، އޭޒެޑް އަށް އެއް ފަހަރު ނެދަލެންޑްސް ލީގު، ބަޔާން މިއުނިކަށް އެއް ފަހަރު ބުންޑަސްލީގާ އަދި ޔުނައިޓެޑަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުން ހިމެނެ އެވެ.
ކާމިޔާބު ހޯދުމުގެ އިތުރުން ވެން ހާލް ވަނީ އޭނާ ކޯޗުކޮށްދިން ކްލަބްތަކުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި މިހާރު ބާސެލޯނާގެ ކެޕްޓަން އަންދުރެސް އިނިއެސްޓާ، ބަޔާންގެ ތޯމަސް މުލާ، އަޔެކްސް އަދި އޭސީ މިލާންގެ ތަރި ކްލެރަންސް ސީޑޮފާއި ނެދަލެންޑްސްގެ ފޯވާޑް ޕެޓްރިކް ކްލައިވަޓް އަދި ފަހަކަށް އައިސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ އިނގިރޭސި އުއްމީދީ ފޯވާޑް މާކަސް ރަޝްފޯޑް ހިމެނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑަކީ ކޮމާޝަލް ކުލަބެއް: ވެން ހާލް
ސޯލްޝެއާ އަށް ފަސޭހަކޮށްދިނީ މޮރީނިއޯ: ވެން ހާލް
ޔުނައިޓެޑުގެ ކިބައިން ބަދަލުހިފަން ބޭނުން: ވެން ހާލް
ޔުނައިޓެޑުގެ ކޯޗުކަމުން ވެން ހާލް ވަކިކުރި ފަސް ސަބަބު
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
އެފްއޭ ކަޕުން ކެޓިއަސް ޓާގެޓަކީ ލީގު: އަމޯރިމް
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ