އަމްސްޓަޑަމް، ނެދަލެންޑްސް (ޖެނުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑްގެ ކިބައިން ބަދަލު ހިފުމުގެ ފުރުސަތެއްގެ އިންތިޒާރުގައި ހުރި ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ލުއީ ވެން ހާލް ބުނެފި އެވެ.
17 ޖެނުއަރީ 2018
އަމްސްޓަޑަމް، ނެދަލެންޑްސް (ޖެނުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑްގެ ކިބައިން ބަދަލު ހިފުމުގެ ފުރުސަތެއްގެ އިންތިޒާރުގައި ހުރި ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ލުއީ ވެން ހާލް ބުނެފި އެވެ.
ޔުނައިޓެޑުގެ ކޯޗުކަމުން ވެން ހާލް ވަކިކުރީ 2016 ވަނަ އަހަރު އެވެ. ވެން ހާލްގެ ބަދަލުގައި ޔުނައިޓެޑުން ގެނައީ ހޯސޭ މޮރީނިއޯ އެވެ.
ނެދަލެންޑްސްގެ މީޑިއާ އެއް ކަމަށްވާ ވޮލްސްކްރަންތު އަށް ދިން އިންޓަވިއުއެއްގައި ވެން ހާލް ބުނީ ބެލްޖިއަމް ކޯޗަކަށް ވުމުގެ ފުރުސަތު ދޫކޮށްލީ ހާއްސަ ސަބަބަކާ ހުރެ ކަމަށެވެ.
"ބެލްޖިއަމް ކޯޗަކަށް އަހަރެންވި ނަމަ އެއީ އަހަންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ. ހަގީގަތުގައި ކުޅިވަރުގެ ރޫހު އިސްކުރަން ވިސްނިނަމަ އަހަރެން އެ ވަޒީފާގައި ހުންނާނީ. އެކަމަކު އަހަރެން އެގޮތަށް ކަންތައް ނުކުރީ ހާއްސަ ސަބަބެއް އޮވެގެން. ބަދަލު ހިފުމުގެ ރޫހެއް އޮތުމުން،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ވެސް ކޯޗުކޮށްދިން ވެން ހާލް ބުންޏެވެ.
ވެން ހާލް ޔުނައިޓެޑް ކޯޗުކަމުން ވަކިކުރީ އެ ޓީމާ އެކު އޭނާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިތާ ދެ ހަފްތާ ފަހުންނެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރިއިރު އެ ކްލަބުން އޭނާއާ ދެމެދު ކަންތައްކުރީ ވަރަށް ގޯސްކޮށް ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑުން އަހަންނާ ދޭތެރޭ ކަންތައް ކުރީ ވަރަށް ގޯސްކޮށް. އެއީ ގަސްދުގައި އެމީހުން ހެދި ގޮތެއް،" ވެން ހާލް ބުންޏެވެ.
ޔުނައިޓެޑުގައި ވެން ހާލް ހުރިއިރު އޭނާ އަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޭނާ އެ ޓީމު ކުޅުވާ ސްޓައިލަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިން ޓީވީ ޕްރޮގްރާމްތަކުގައި ފާޑުކިޔުމެވެ. އެގޮތުން ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް އަކީ ވެން ހާލް އަށް އެންމެ ބޮޑަށް ފާޑުކީ ކުޅުންތެރިޔާ އެވެ.
"ކުރީގެ ކުޅުންތެރިން ބުނަމުންދިޔަ އަހަރެން ކުޅުވަނީ ވަރަށް ފޫހި ފުޓްބޯޅައެކޭ. ސަޕޯޓަރުން ވެސް ތިބީ މާޔޫސްވެފައޭ. ހަގީގަތުގައި މިއީ އަހަންނަށް ކުރިމަތިވި އެއް ގޮންޖެހުމެއް. ދެން އަހަރެން ޖެހުނު އަަހަރެންގެ އަމިއްލަ ވިސްނުން ވެސް ބަދަލުކުރަން. މިއީ ކޯޗަކަށް ފަސޭހަ ކަމެއް ނޫން،" ވެން ހާލް ބުންޏެވެ.
ޔުނައިޓެޑުން ވެން ހާލް ވަކިކޮށް މޮރީނިއޯއާ ޓީމު ހަވާލުކުރުމަށް ފަހު ބުނީ އެ ކްލަބް ރަނގަޅު މިސްރާބަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މޮރީނިއޯ ވަނީ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑަށް ޔޫރޮޕާ ލީގާއި ލީގު ކަޕް ހޯދައިދީފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ވަނީ މޮރީނިއޯއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރަން ނިންމައިފަ އެވެ.
ސޯލްޝެއާ އަށް ފަސޭހަކޮށްދިނީ މޮރީނިއޯ: ވެން ހާލް
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
މެންޗެސްޓާ ޔުނައިޓެޑަކީ ކޮމާޝަލް ކުލަބެއް: ވެން ހާލް
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ
ބަދަލު ހިފުމުގެ ރޫހެއް ނެތް: މޮރީނިއޯ
"ޓޮޓެންހަމަށް ޔުނައިޓެޑް ފަަހަތަށް ޖައްސައިލެވިދާނެ"
ސޯލްޝެއާއާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
އަހަންނަކީ އަދިވެސް މަތީ ފަންތީގެ ކޯޗެއް: މޮރީނިއޯ
ޔުނައިޓެޑަށް އަހަރެންގެ އިހުތިރާމް އޮންނާނެ: މޮރީނިއޯ
މެންޗެސްޓާ ޔުނައިޓެޑުން މޮރީނިއޯ ވަކިކޮށްފި