ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށްޓަކައި، ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް ދޭން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެއްބަސްވުމުން، އެ ގައުމުތަކުގައި ބޭނުންކުރާ ޒަމާނީ ހަނގުރާމަމަތީ ބޯޓުތައް ހޯދަން ޔޫކްރޭނުން ބާރުއަޅަން ފަށައިފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށްޓަކައި، ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް ދޭން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެއްބަސްވުމުން، އެ ގައުމުތަކުގައި ބޭނުންކުރާ ޒަމާނީ ހަނގުރާމަމަތީ ބޯޓުތައް ހޯދަން ޔޫކްރޭނުން ބާރުއަޅަން ފަށައިފި އެވެ.
ޔޫކްރޭނުން އިއްޔެ ބުނި ގޮތުގައި ރަޝިޔާ ސިފައިން ބަލި ކުރެވޭނީ އެއްގަމު މަގުން ދޭ ހަމަލާތަކުގެ އިތުރުން، ވައިގެ މަގުން ދޭ ހަމަލާތައް ވެސް އިތުރަށް ވަރުގަދަ ކޮށްގެންނެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކުގައި ބޭނުންކުރާ ހަތަރު ވަނަ ޖީލުގެ ޒަމާނީ ޖެޓް ފައިޓަރުތައް ދިނުމަށް އެދި ހުޅަނގުގެ ގައުމުތަކަށް ހުށަހަޅާނެ ކަމަށް ޔޫކްރޭނުން ބުންޏެވެ.
އެ ގޮތުން ޔޫކްރޭން ބޭނުންވާ އެއް ބޯޓަކީ އެމެރިކާގައި އުފައްދާފައިވާ އެފް-16 މަރުކާގެ ޖެޓް ފައިޓަރެވެ. އޭގެ އިތުރުން އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ޔޫކްރޭނަށް ބޭނުންވާ ކަމަށް އެ ގައުމުން ބުނެ އެވެ.
ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް، އަބްރާމް މަރުކާގެ ޓޭންކްތައް ޔޫކްރޭނަށް ވިއްކާނެކަން އެމެރިކާ އިން އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. އަދި ލެޕަޑް ދޭއް މަރުކާގެ ޓޭންކުތައް ޔޫކްރޭނަށް ފޮނުވުމަށް ޖަރުމަން ވިލާތުން ވެސް ވަނީ އެއްބަސްވެފަ އެވެ.
"ދެން އަހަރެމެން ގިރާކުރަން އޮތް އަނެއް ހުރަހަކީ، ޒަމާނީ ޖެޓް ފައިޓަރުތައް ހޯދުން. އެ ބޯޓުތައް ލިބިއްޖެއްޔާ ހަނގުރާމައިގެ މައިދާނުގައި އަހަރެމެންނަށް ލިބޭ ކުރިއެރުން އިންތިހާ އަށް ބޮޑުވާނެ. އެއީ ހަމައެކަނި އެފް-16ގެ ބޯޓުތަކެއް ނޫން، އަހަރެމެން ބޭނުންވަނީ ހަތަރު ވަނަ ޖީލުގެ ބޯޓުތައް،" ޔޫކްރޭންގެ ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވްގެ މުޝީރު ޔޫރީ ސާކް ވިދާޅުވި އެވެ.
ޔޫކްރޭންގެ ވައިގެ ސިފައިންގެ ލަޝްކަރުގައި މިހާތަނަށް ބޭނުން ކުރަމުން އަންނަނީ، ސޮވިއެޓް ޔޫނިއަންގެ ޒަމާނުގައި އުފައްދާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކެވެ. މީގެ 31 އަހަރު ކުރިން ޔޫކްރޭނަށް މިނިވަންކަން ލިބުނު އިރުވެސް، އެބާވަތުގެ ބޯޓުތައް އުފެއްދުން ވަނީ ހުއްޓާލައިފަ އެވެ.
އޭގެ ފަހުން ރަޝިޔާގައި ޒަމާނީ ހަނގުރާމަމަތީ އެތައް ބޯޓެއް އުފައްދާފައިވާ އިރު، ޔޫކްރޭނުގައި ޒަމާނީ ފެންވަރުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ނެތުމުން، ރަޝިޔާގެ ވައިގެ ހަމަލާތައް ހުއްޓުވުމުގައި އެތައް ދަތިތަކެއް ކުރިމަތިވެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް އަހަރު ފުރެން މަހެއްހާ ދުވަހަށް ވެފައިވާ އިރު، ޔޫކްރޭނުގެ ދިފާއީ ހަމަލާތައް ބިނާވެފައިވަނީ ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރަށެވެ. ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި މިސައިލާއި ބަރު ހަތިޔާރު ވަނީ ޔޫކްރޭނަށް ފޯރުކޮށްދީފަ އެވެ.
"އެމީހުންގެ އަތުގައި ހުރި ބަރު ހަތިޔާރު އަހަރެމެންނަށް ދޭން އެމީހުން ބޭނުމެއް ނުވި. އެކަމު ފަހުން ދިން. ހިމާސް މަރުކާގެ މިސައިލް ނިޒާމުތައް ދޭން ވެސް ބޭނުމެއް ނުވި. އެކަމު ފަހުން ދިން. ޓޭންކުތައް ދޭން ވެސް އެމީހުން ބޭނުމެއް ނޫން. އެކަމު އެންމެ ފަހުން އެ ވެސް މިހާރު އެދެނީ. އެމީހުންގެ އަތުގައި ހުރި ނިއުކްލިއާ ހަތިޔާރު ނޫން އެހެން ހުރިހާ ހަތިޔާރެއް ހޯދަން އަހަރެމެން ބޭނުން،" ޔޫކްރޭންގެ ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވްގެ މުޝީރު ޔޫރީ ސާކް ވިދާޅުވި އެވެ.
ނަމަވެސް ޖަރުމަން ވިލާތުގެ މުސްތަޝާރު އޮލާފް ޝޯލްޒް އިއްޔެ ވިދާޅުވި ގޮތުގައި ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔޫކްރޭނަށް ފޮނުވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އެކަމާ ބެހޭ ގޮތުން މިހާތަށް އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށާއި ދެން ވެސް ނުވެސް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ޖަރުމަން ވިލާތުގެ ސިފައިން ޔޫކްރޭނަށް ފޮނުވުމަކީ އެއްވެސް ހާލަތެއްގައި ކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ނޭޓޯގެ އަމަލީ އެއްވެސް ބައިވެރިވުމެއް ދުވަހަކުވެސް ނޯންނާނެ ކަމަށް އޮލާފް ވިދާޅުވި އެވެ.
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ޖަރުމަނާއި އެމެރިކާގެ ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން