މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ އެންމެ ޒަމާނީ ދިފާއީ ނިޒާމުގައި ހިމެނޭ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ފޮނުވުމަށްޓަކައި ނިންމަންޖެހޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ފަށައިފި އެވެ.
މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ އެންމެ ޒަމާނީ ދިފާއީ ނިޒާމުގައި ހިމެނޭ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ފޮނުވުމަށްޓަކައި ނިންމަންޖެހޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ފަށައިފި އެވެ.
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ފޮނުވަން އެމެރިކާ އިން ނިންމީ، ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭނަށް ހަމަލާ ދިނުމަށް ބޭނުންކުރާ މިސައިލްތަކާއި ޑްރޯންތަކުގެ ހަމަލާތަކުން ސަލާމަތްވުމުގެ ގޮތުން ޔޫކްރޭނުން އެކަމަށް އެދިފައިވާތީ އެވެ. ޔޫކްރޭނުން އެމެރިކާ ސަރުކާރުގައި އެދިފައިވާ ގޮތުން، އީރާނުގައި އުފައްދާފައިވާ ޑްރޯންތަކާއި ރަޝިޔާގެ ޒަމާނީ މިސައިލްތަކުން ދިފާއުވެވެން އޮތީ، އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ލިބިގެންނެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައިގައި، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ރަޝިޔާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަމުން ދަނީ ޔޫކްރޭންގެ އިންޖީނުގެތަކަށެވެ. އެ ތަންތަނަށް ހަމަލާ ދިނުމަށް އާންމު ގޮތެއްގައި ބޭނުންކުރަނީ މިސައިލާއި، ޖެހިގަނެގެން ގޮއްވައިލާ ޒާތުގެ ޑްރޯން މަތިންދާބޯޓުތަކެވެ.
CBS News has learned the Pentagon is preparing a plan to send Patriot Air Defense Missiles to Ukraine. The Ukrainians have been pleading for more help to defend themselves against Russian rockets and White House approval could come as soon as this week. pic.twitter.com/sbYF8GS20V
— CBS Evening News (@CBSEveningNews) December 14, 2022
ޔޫކްރޭނުން ބުނާ ގޮތުގައި އެ ގައުމުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމަށް ރަޝިޔާ އިން މިހާރު ބޭނުންކުރަމުން ގެންދާ ޑްރޯންތަކަކީ، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯންތަކެވެ. ނަމަވެސް އީރާނުން އެ ތުހުމަތުތަކަށް އިންކާރުކުރެ އެވެ.
ކުރިއަށް އޮތީ ފިނި މޫސުމުގެ ދުވަސްތައް ކަމަށްވާތީ، އިންޖީނުގެތައް ހަލާކުވެ ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރާފައިވާތީ، ފިނިން ރައްކާތެރިވާނެ ގޮތަކާ މެދު އާންމު ރައްޔިތުން ތިބީ ކަންބޮޑުވެފަ އެވެ. އިންޖީނުގެތައް މަރާމާތުކުރަމުން ދާ ވަރަކަށް، ރަޝިޔާ އިން ދަނީ އެ ތަންތަނަށް ހަމަލާ ދީ އިތުރަށް ހަލާކު ކުރަމުންނެވެ.
ޔޫކްރޭނުން އެދިފައިވާ ގޮތަށް ޕެޓްރިއޮޓް މިސައިލް އެ ގައުމަށް ފޮނުވުމާ މެދު އެމެރިކާ ސަރުކާރުން ނިންމާ ގޮތް، މާދަމާގެ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް، އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ، ރޮއިޓާސް އާއި އެސޯސިއޭޓެޑް ޕްރެސް އިން ބުނެ އެވެ.
The US is finalizing plans to send its sophisticated Patriot air defense system to Ukraine. It consists of up to eight missile batteries plus a radar, a control station and power generation equipment.https://t.co/wNihLZspXk
— DW News (@dwnews) December 14, 2022
ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް މިއަދު ހެނދުނު ވެސް ރަޝިޔާ ސިފައިން ވަނީ ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތައް އަމާޒުވާން ފެށުމާއެކު، ކިޔޭވްގައިވަނީ ކުއްލި ނުރައްކަލުގެ ބަރުގޮނުގެ އަޑު ގުގުމައިފަ އެވެ. އަދި ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުތަކުން ހަމަލާ ދޭ އަޑު އިވިގެން ދިޔަ އެވެ.
މިދިޔަ ހޯމަ ދުވަހު ވިލާތުގެ ގައުމުތަކުގެ ވެރިންނާ އެކުގައި އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީވަނީ، ޒަމާނީ އިތުރު ހަތިޔާރުތައް ޔޫކްރޭނަށް ދިނުމަށް އެދިފަ އެވެ. ޚާއްސަކޮށް އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ލިބިއްޖެ ނަމަ، ރަޝިޔާ އިން މިހާރު ބޭނުންކުރަމުންދާ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކުން ދިފާއުވުމުގައި ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އިން ޔޫކްރޭނަށް ޕެޓްރޮއިޓް މިސައިލް ފޮނުވަން ތައްޔާރުވަމުން ދާއިރު، ރަޝިޔާ އިން ވަނީ އެފަދަ ފިޔަވަޅެއް ނޭޅުމަށް ނޭޓޯ އަށް އިންޒާރުކޮށްފަ އެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އިސް މުޝީރު އަދި ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ، ނޭޓޯ އިން ޔޫކްރޭނަށް ޕެޓްރިއޮޓް މިސައިލް ފޮނުވުމަކީ، ހަނގުރާމަ އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.
ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕްގައި މިހާތަނަށް ހިނގަމުންދާ އެންމެ ބޮޑު ހަނގުރާމަ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށީ މި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. އެ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އިން މިހާތަނަށް 19.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން ޔޫކްރޭނަށް ފޮނުވައިފި އެވެ.
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވާލައިފި
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ