ހުރިހާ ވަސީލަތަކާއެކު ލ. ގަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލާއި ގދ. ގައްދޫގައި އާ ހޮސްޕިޓަލް އިމާރާތެއް އަޅަން 1.3 ބިލިއަން ރުފިޔާއަށް ސްޕެއިންގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
27 ޖެނުއަރީ 2023
ހުރިހާ ވަސީލަތަކާއެކު ލ. ގަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލާއި ގދ. ގައްދޫގައި އާ ހޮސްޕިޓަލް އިމާރާތެއް އަޅަން 1.3 ބިލިއަން ރުފިޔާއަށް ސްޕެއިންގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ޓާޝަރީ ހޮސްޕިޓަލާއި 30 އެނދުގެ ހޮސްޕިޓަލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އަދި ސްޕެއިންގެ ހޮމްޓް އެސްޕަނިއާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އެޑުއާޑޯ އޮޅިވޭރިއާ ވަނީ ސޮއިކުރައްވައިފަ އެވެ.
އެ ކޮންމެ ތަނެއްގައި ސްޓާފް އެކޮމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކުއިޕްމަންޓް ހޯދައި މުވައްޒަފުން ތަމްރީނުކުރުމަކީ ވެސް މި އެގްރިމެންޓުގެ ދަށުން ކުރާނެ ކަމެކެވެ.
އެ ހުރިހާ މަސައްކަތެއް ހަވާލުކުރީ 79,050,022,60 ޔޫރޯ (1.3 ބިލިއަން ރުފިޔާ) އަށެވެ. މިއީ މި ސަރުކާރުން އެންމެ ބޮޑު ހަރަދުކޮށްގެން ހަދާ ދެ ހޮސްޕިޓަލެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ހަމަޖައްސާފައިވަނީ ޑޮއިޗާ ބޭންކުންނެވެ.
ހޮސްޕިޓަލްގެ ހުރިހާ ކަމެއް ސްޕެއިންގެ ކުންފުނިން ކުރިޔަސް، އެކަަމުގެ ކޮންސްޓްރަކްޝަން މަސައްކަތްކުރަން ހަމަޖައްސާފައިވަނީ އެމްޓީސީސީންނެވެ.
މިނިސްޓްރީން ބުނީ ގަމު ޓާޝަރީ ހޮސްޕިޓަލް ނިންމަން ހަވާލުކުރީ 36 މަސް ދުވަހުން ކަމަށެވެ. ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތް ހަދަން ދީފައިވަނީ 30 މަސް ދުވަހެވެ.
ގަމާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ
ހޭނައްތާ ޑޮކްޓަރުން ނުލިބި އޮޕަރޭޝަންތައް މަޑުޖެހިއްޖެ
ގަން ހޮސްޕިޓަލަށް ދެއްކި މީހުން 60،000 އިތުރު
ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެމްޓީސީސީއަށް
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ދެ ސަރަހައްދެއްގައި ޓެލެމެޑިސިން ފަށަން ތައްޔާރުވެއްޖެ
މާލެ ފޮނުވާ ބަލި މީހުން ފަސޭހައިން ދެއްކޭ ގޮތް ހަދަނީ
ހޮސްޕިޓަލްތަކަށް 600 މުވައްޒަފުން މި އަހަރު ނަގަނީ
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ
ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން އިމާރާތަކަށް