28 ޖެނުއަރީ 2023
ހޮލީވުޑްގެ ރައިޓަރު ޖެފް ޑޭވިސްގެ ހިޔާލީ ދުނިޔެއެއްގެ މައްޗަށް އުފައްދައި 2011 ވަނަ އަހަރު ނެރުނު "ޓީން ވުލްފް" ސީރީޒްގެ މަގުބޫލުކަން ބޮޑުވި އެވެ.
ހޮލީވުޑްގެ ރައިޓަރު ޖެފް ޑޭވިސްގެ ހިޔާލީ ދުނިޔެއެއްގެ މައްޗަށް އުފައްދައި 2011 ވަނަ އަހަރު ނެރުނު "ޓީން ވުލްފް" ސީރީޒްގެ މަގުބޫލުކަން ބޮޑުވި އެވެ.
ބީކަން ހިލްސް ކިޔާ ޓައުންއެއްގައި ވެއާވުލްފެއްގެ ބާރު ހުންނަ ސްކޮޓް މަކާލް (ޓައިލާ ޕޯސީ) އާއި އޭނާގެ ރައްޓެހިންތަކަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއްގެ ވާހަކަ ގެނެސްދޭ އެ ސީރީޒް، ހަ ސީޒަނަށް ފަހު ނިންމާލީ 2017 ވަނަ އަހަރު އެވެ.
ޓީން ވޮލްފެ ސީރީޒްގެ ލީޑުރޯލުތަކުން ފެނިގެން ދިޔަ ބައެއް ކެރެކްޓަރުން
ޝޯ ނިންމާލަން ޖެހުމުން ފޭނުން ތިބީ އެކަމާ ވަރަށް ދެރަވެފަ އެވެ. ޝޯ ނިމިގެން ދިޔަ ގޮތުން، ސްޕިން އޮފަކަށް ފުރުސަތު އޮތް ކަމަށް އޭރު ވެސް ގިނަ ފޭނުންތަކެއް އައީ ބުނަމުންނެވެ. އެކަމަކު ޝޯ އެނބުރި އަންނާނެ ކަމުގެ އެއްވެސް ކަހަލަ ވާހަކައެއް "ޓީން ވުލްފް" ގެ ޓީމަކުން އޭރު ނުދައްކަ އެވެ.
"ޓީން ވުލްފް" ސީރީޒްގެ ރިވައިވަލް އެއް ގެނެސްދޭ ވާހަކަ، ޝޯ އުފެއްދި އަދި އޭގެ އެގްޒެކެޓިވް ޕްރޮޑިއުސަރު، ޖެފް އިއުލާނުކުރީ 2021 ވަނަ އަހަރު އެވެ. އެކެމަކު، މިފަހަރު ފީޗާ ފިލްމެއްގެ ގޮތަށެވެ. އެހެންވެ ޝޯގެ ފޭނުން ތިބީ ފިލްމު ނިކުންނާނެ ދުވަހަކަށް ކެތް މަދުވެފަ އެވެ.
ޓީން ވުލްފް ފިލްމުގެ ޕޯސްޓަރެއް: ލީޑުން ފެންނަ ކެރެކްޓަ ސްކޮޓް (މ) ޑެރިކް (ކ) އަދި އެނބުރި އަންނަ އެލިސަން (ވ)
ޝޯގެ އަސްލު ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ގިނަ އެކްޓަރުން އެ މީހުންގެ ރޯލުތަކުން ފެންނަ އެ ފިލްމު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕެރަމައުންޓް ޕްލަސްގައި ރިލީޒްކޮށްފަ އެވެ.
"ޓީން ވުލްފް: ދަ މޫވީ" ގެ މަންޒަރެއް: ޓީން ވުލްފެ ޝޯ އަދި ފިލްމުގެ މެއިން ކެރެކްޓާ ސްކޮޓް މަކާލް (ޓައިލާ ޕޯސީ)
މެއިން ކެރެކްޓާ ސްކޮޓްގެ ރޯލުން ފެންނަ ޓައިލާ ޕޯސީގެ އިތުރުން ޑެރިކްގެ ރޯލު ކުޅޭ ޓައިލާ ހޮއެކްލިނާއި، ލިޑިއާ (ހޮލެންޑް ރޮޑެން) އާއި، ލިއަމް (ޑިލަން ސްޕްރޭބެރީ) އާއި، މަލީއާ (ޝެލީހެނިންގްސް) ފެނިގެންދާއިރު، ސީރީޒްގައި ބޮޑު މަގްބޫލުކަމެއް ހޯދި، ނަމަވެސް، ވަކި ހިސާބަކުން ޝޯއާ ވަކިވި ކެރެކްޓަރު އެލިސަން އާޖެންޓް (ކްރިސްޓަލް ރީޑް) ވެސް މި ފިލްމުގައި އެނބުރި އާދެ އެވެ.
ޓީން ވުލްފް ފިލްމުގެ ޕޯސްޓަރެއް
ޝޯގެ ލީޑުން ފެނުނު ކެރެކްޓާއިންގެ އިތުރުން އާ ކާސްޓުންތަކެއް ވެސް ސްކޮޓްގެ ރައްޓެހިންގެ ގޮތުގައި ފިލްމުގައި ވަނީ ތައާރަފްކޮށްފަ އެވެ. އޭރު މަގްބޫލުކަން ހޯދި ލީޑު ރޯލުތަކުން، ފިލްމުގައި ނުފެންނާނީ ސްޓައިލްސްގެ ރޯލުން ފެނުނު ޑިލަން އޮބްރިއާން އަދި ކީރާގެ ރޯލުން ފެނުނު އާޑެން ޗޯ އެވެ.
ޖޭމްސް ބޮންޑްގެ ރޯލު އާރޮން އަށް ހުށަހަޅައިފި
ވަކީން ފީނިކްސްގެ "ނެޕޯލިއަން" އަށް ބޮޑު ތަރުހީބެއް
އެކްސްޓްރެކްޝަންގައި 14 މިނެޓް ވަރުގަދަ ސީންއެއް
އަލީގެ އާ ހޮލީވުޑް ފިލްމް "ކަންދަހާރް" މެއި މަހު
"ޖޯން ވިކް 4" ޓްރެއިލާ: ތަޅާފޮޅުމާއި މީހުން މެރު
ކްރީޑް 3: މައިކަލް ފުރަތަމަ ޑައިރެކްޓުކުރާ ފިލްމު
ފާސްޓް އެންޑް ފިއުރިއަސްގެ 10 ވަނަ ބައި މެއި މަހު
ޓޮމް ކްރޫޒްގެ ފިލްމަކަށް އެއް ބިލިއަން ޑޮލަރު
މޯބިއަސް މީމް ގިނަވެ ފިލްމު އަލުން ސިނަމާއަށް
"މޭޑް މެކްސް"ގެ ޕްރީކުއެލް ޝޫޓިން ފަށައިފި