ހޮލީވުޑްގެ ވަރުގަދަ އެކްޝަން ފިލްމު ޕްރެންޗައިޒް "ޖޭމްސް ބޮންޑް"ގައި އެ ރޯލު ކުޅުމުގެ ފުރުސަތު އިނގިރޭސި އެކްޓަރު އާރޮން ޓޭލާ ޖޯންސަން އަށް ދީފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހޮލީވުޑްގެ ވަރުގަދަ އެކްޝަން ފިލްމު ޕްރެންޗައިޒް "ޖޭމްސް ބޮންޑް"ގައި އެ ރޯލު ކުޅުމުގެ ފުރުސަތު އިނގިރޭސި އެކްޓަރު އާރޮން ޓޭލާ ޖޯންސަން އަށް ދީފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، 33 އަހަރުގެ އާރޮން މި ރޯލު ކުޅެން އެއްބަސްވެއްޖެ ނަމަ އޭނާ ވަނީ ބޮންޑްގެ ރޯލު ކުޅޭ އަށް ވަނަ އެކްޓަރަށް ކަމަށެވެ. މި ޕްރެންޗައިޒްގެ ފިލްމުތައް ގެނެސްދޭން ފެށީ 1962 ވަނަ އަހަރު އެވެ.
ނަމަވެސް ރަސްމީކޮށް އަދި މިކަން އިއުލާންކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން އާރޮން ވަނީ 2010 ވަނަ އަހަރު ރިލީޒްކުރި ބްލެކް ކޮމެޑީ ސުޕަހީރޯ ފިލްމު "ކިކް-އެސް" އާއި 2015 ވަނަ އަހަރު ރިލީޒްކުރި މާވެލްގެ ފިލްމު "އެވެންޖާސް: އޭޖް އޮފް އަލްޓްރޮން"ގެ ރޯލުތައް ވެސް ކުޅެފަ އެވެ.
ބޮންޑްގެ ރޯލު އެންމެފަހުން ކުޅުނީ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެގް އެވެ. އޭނާ އެ ރޯލު ކުޅެން ފެށީ 2006 ވަނަ އަހަރު އެވެ. އަދި މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރު ނުކުތް "ނޯ ޓައިމް ޓު ޑައި" އަށް ފަހު އޭނާ ވަނީ އެ ރޯލަށް އަލްވަދާއު ކިޔައިފަ އެވެ.
ކްރެގް ބޮންޑުގެ ރޯލު ދޫކޮށްލުމާ އެކު މިދިޔަ ދެ އަހަރު ދުވަހު ވަނީ މި ރޯލު ދެން ކުޅޭނެ އެކްޓަރަކާ މެދު އެކި ވާހަކަތައް ދެކެވިފަ އެވެ. އަދި މި ރޯލު ދެން ކުޅޭނެ ކަމަށް ބެލެވޭ އެކްޓަރުންގެ ބޮޑު ލިސްޓެއް ވެސް އެބައޮތެވެ.
އެ ލިސްޓުގައި ރެގޭ ޖޯން ޕޭޖް، ތިއޯ ޖޭމްސް، ހެންރީ ކެވިލް، އިދްރިސް އެލްބާ، ޓޮމް ހާޑީ އަދި ޖެމީ ޑޯނަން ކަހަލަ ކުޅަދާނަ އެކްޓަރުން ހިމެނެ އެވެ.
ރަޔަން ވެސް ޖޭމްސް ބޮންޑްގެ ރޯލު ބޭނުން
ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު
ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރެއްގެ ވާހަކައެއް ނެތް
"ނޯ ޓައިމް ޓު ޑައި" އިން ބަދަލެއް ގެނުވާނެ: ލަޝާނާ
ވަކީން ފީނިކްސްގެ "ނެޕޯލިއަން" އަށް ބޮޑު ތަރުހީބެއް
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
"ލީތަލް ވެޕަން 5" ގިބްސަން ޑައިރެކްޓްކުރާނެ
"ފާސްޓް 10" ގައި ބައިވެރިވާން ރޮކަށް ދައުވަތު ދީފި
ޓްރެއިލާ އިން "ރެޑް ނޯޓިސް" ގެ ބާރު ދައްކާލައިފި
"ނޯ ޓައިމް ޓު ޑައި" ގެ ފުރަތަމަ ޕްރީމިއާ 28 ގައި