Roadha Mihaaru
ޗެނަލްތަކެއް ފާސް ކުރަން އެސްއެސްނެޓުން ބްރޯޑްކޮމްއަށް

ގިނަ ޗެނަލްތަކެއް ފާސްކުރުމަށް އެސްއެސްނެޓުން ބްރޯޑްކޮމްއަށް ހުށަހަޅައިފި

29 ޖެނުއަރީ 2023

އަލަށް ކޭބަލް ޓީވީގެ ހިދުމަތް ފަށާ އެސްއެސްނެޓުން ސަތޭކައަށްވުރެ ގިނަ ޓީވީ ޗެނަލް ފާސް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އަލަށް ކޭބަލް ޓީވީގެ ހިދުމަތް ފަށާ އެސްއެސްނެޓުން ސަތޭކައަށްވުރެ ގިނަ ޓީވީ ޗެނަލް ފާސް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެސްއެސްނެޓުން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗެނަލްތައް ފާސްކުރުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވި މިހާތަނަށް ބްރޯޑްކޮމްއަށް ހުށަހެޅި ޗެނަލްތަކުގެ ތެރެއިން 48 ޗެނަލެއް ފާސްކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޗެނަލްތަކުގެ އިތުރުން ދިވެހިން އާންމުކޮށް ބަލާ ސޮނީ އާއި ޒީގެ ޗެނަލްތަކާއި ސިނަމަޗީގެ ޗެނަލްތަކާއި ބީފޯޔޫ، ސްޓިންގްރޭ، ލަވްނޭޗަ ފޯކޭ، އައުޓްޑޯ އަދި ޒޫމޫ ފަދަ ދިވެހިންގެ ތެރޭގައި މަޝްހޫރު ޗެނަލްތައް ހިމެނޭކަމަށް މޮންދު ވިދާޅުވި އެވެ.

އެސްއެސްނެޓުން ބުނީ މިހާރު ފާސްކޮށްދީފައިވާ 48 ޗެނަލްގެ އިތުރުން 71 ޗެނަލެއް ފާސްކޮށްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ. ހަބަރު ޗެނަލްތަކުގެ ގޮތުގައި ސީއެންއެން، ބީބީސީ، ސްކައި ނިއުސް، އަލް ޖަޒީރާ، ފްރާންސް 24، އާރްޓީ، އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނެ އެވެ.

ވިޔަފާރީގެ ޚަބަރާއި މައުލޫމާތު ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްލޫމްބާގް އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެ އެވެ. ކުޑަކުދިންގެ މަގްބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވަކް އާއި ނިކަލޯޑިއަން އާއި ކާޓޫން ޗެނަލްގެ އިތުރުން ސްޓާ އާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވޯލްޑާއި ކޮމެޑީ ސެންޓްރަލް އާއި ކަލާސްގެ ޗެނަލްތަކާއި އެމްޓީވީ ހިމެނެ އެވެ. މިހާރު ފާސްކުރުމުގެ މަގުމަތީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި އަލް ގުރްއާނާއި ސައުދީ އަރަބިއްޔާގެ އެހެން ޗެނަލްތައް ހިމެނެ އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން އެސްއެސްނެޓްގެ ހިދުމަތް މިރޭ ދަންވަރު ފެށެންވާއިރަށް ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް މިއަދު ފާސްކޮށްދެއްވާނެކަމަށް. މިހާތަނަށް ވެސް ކޮމިޝަނުން ވަނީ ރީބްރޯޑްކާސްޓަރުންނަށް ފަހިވާނެ އަދި ފަސޭހަވާނެ ގޮތަށް މަސައްކަތްތައް ކޮށްދެއްވާފައި،" މޮންދު ވިދާޅުވި އެވެ.

ދިރާގު ޓީވީ މިރޭ 12:00 ގައި ހުއްޓާލާއިރު އެސްއެސްނެޓްގެ ޚިދުމަތް ދިރާގުޓީވީ ނެޓްވޯކްގެ ތެރެއިން އެސްއެސްނެޓް ފަށާނެ އެވެ. ދިރާގު ޓީވީގެ ކަސްޓަމަރުންގެ ތެރެއިން އެތައް ހާސް ކަސްޓަމަރުންނެއް މިހާރު ވަނީ އެސްއެސްނެޓަށް ބަދަލުވެފަ އެވެ.

އެސްއެސްނެޓުން ބުނީ ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް ފާސްކޮށްދެއްވައިފިނަމަ އެސްއެސްނެޓްގެ ހިދުމަތް ފެށޭއިރު ޖުމްލަ 119 ޗެނަލް އެސްއެސްނެޓް ފަށާ ދުވަހު ވެސް ކަސްޓަމަރުންނަށް ހިލޭ ލިބޭނެ އެވެ. އަދި އާންމު ހުރިހާ ކަސްޓަމަރުންނަށް ފެބްރުއަރީ މަހުގެ ނިޔަލަށް ހިލޭ އެސްއެސްނެޓްގެ ހިދުމަތް ލިބޭނެ އެވެ.