19 ޖުލައި 2016
ޝަރުއީ ދާއިރާ އަށް ޚާއްސަ ޓީވީ ޗެނަލެއް އުފައްދަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައި، އެ މަސައްކަތް ފަށައިފި އެވެ.
ޝަރުއީ ދާއިރާ އަށް ޚާއްސަ ޓީވީ ޗެނަލެއް އުފައްދަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައި، އެ މަސައްކަތް ފަށައިފި އެވެ.
ޝަރުއީ ދާއިރާގެ ހަބަރާއި މައުލޫމާތު ފެތުރުމަށް ޚާއްސަ ޗެނަލެއް އުފައްދަން ނިންމިކަން އިއުލާން ކުރީ ޑީޖޭއޭ އިން މިހާރު ކުރިއަށް ގެންދާ "އޯޕަން ހައުސް މީޑިއާ ވީކް" ގެ ހަރަކާތްތަކުގެ ތެރެއިން ޕަބްލިކް ސާވިސް މީޑިއާގެ އިސް ވެރިންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު އެ ބައްދަލުވުމުގައި ވިދާޅުވީ ޗެނަލެއް އުފައްދަނީ ޝަރުއީ ދާއިރާއާ މެދު ހޭލުންތެރިކަން އިތުރުކޮށް، އާންމުންނަށާއި ގާނޫނީ ދާއިރާ އިން ކިޔަވާ ފަރާތްތަކަށް ދިނުމަށެވެ. އެ ޗެނަލްގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ޚާއްސަ ޗެނަލެއް ވެސް މިހާރު އޮވެއެވެ. އެކަމަކު އެ ޗެނަލަކީ ޕީއެސްއެމް އިން އުފައްދާ ހަބަރު ގެނެސްދޭ ޗެނަލެކެވެ. އެހެންވެ ޝަރުއީ ދާއިރާގެ ޗެނަލް ވެގެންދާނީ ދައުލަތުގެ ހިންގުމުގެ ތިން ބާރުގެ ތެރެއިން ބާރަކުން އަމިއްލައަށް އުފައްދާ ފުރަތަމަ ޗެނަލެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުގެ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާއެއް ނެތް
ޖުޑިޝަރީގެ ސްޓާފުންނަށް މުސާރައިގެކުރިއެރުން ދެން ނުދޭނެ
ޖުޑިޝަރީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބި
"ސޯޝަލް މީޑިއާ އެކައުންޓްތައް ހޯދަނީ އިދާރީ ބޭނުމަށް"
ކޯޓުތަކުން މައްސަލަ ލަސްވާ މައްސަލަ ޖޭއެސްސީން ބަލަނީ
"އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ އުސޫލެއްގެ ތެރެއިން"
ކޯޓުތަކުގެ ބައެއް އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ
ކުށާއި ދަރަނީގެ ރެކޯޑް އީމެއިލް އިން ސާފުކުރެވޭނެ
ބަންދު ދުވަސްތަކުގައި އީމެއިލްއިން ކޯޓުގެ ޚިދުމަތް ދެނީ