ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ މިދިޔަ ހަފުތާގައި ހުޅުވާލި ރަށްތަކުގެ ތެރެއިން ބޯހުރާއާ ގުޅިގެން ޝަކުވާ ބޮޑުވުމާ އެކު އެ ލިސްޓުން ރަށް އުނިކޮށް ރިސޯޓު ހެދުމަށް ހުޅުވާލައިފި އެވެ.
02 ފެބުރުއަރީ 2023
ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ މިދިޔަ ހަފުތާގައި ހުޅުވާލި ރަށްތަކުގެ ތެރެއިން ބޯހުރާއާ ގުޅިގެން ޝަކުވާ ބޮޑުވުމާ އެކު އެ ލިސްޓުން ރަށް އުނިކޮށް ރިސޯޓު ހެދުމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ބޯހުރާ ލިސްޓުން އުނިކުރީ އިތުރަށް ބެލުމަށް ފަހު މިވަގުތަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ކަމަށެވެ.
ރާޅާ އަޅާ މަޝްހޫރު މަންޒިލެއް ކަމަށްވާ މ.މުލީގެ ފަޅުތެރޭގައި އޮންނަ ބޯހުރާ އާއި އިތުރު ރަށްތަކެއްގައި ޓޫރިޒަމް ތަރައްގީކުރަން ހުޅުވާލުމާ އެކު ބިޑް ސާފިންއަށް ލޯބި ކުރާ މީހުންނާއި ތިމާވެށި ހިމަޔާތް ކުރަން ވަކާލާތު ކުރާ ޖަމިއްޔާތަކުން އަންނަނީ އެތަނުގައި ހުންނަ ސާފް ޕޮއިންޓް ހަލާކުވެދާނެތީ ނުރުހުން ފާޅުކޮށްފަ އެވެ.
އެ ރަށުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި 14 ރަށުގެ ތެރެއިން އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅުގެ ސަރަހައްދަށެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ގިނަ ރަށްތަކުގެ އެކުއިޒިޝަން ކޯސްޓް އުޅެނީ ފަސް ލައްކަ އާއި ދެ ލައްކަ ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ.
އަލަށް ހުޅުވާލި ރަށްތަކަށް ބީލަށް ހުށަހެޅުމަށް އަންނަ މާޗް 21 ވަނަ ދުވަހުގެ ނިޔަލަށް އިންވެސްޓަރުންނަށް ފުރުސަތު އޮންނާނެ އެވެ.
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
ހަންކެޑެގައި 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއް
ޓޫރިޒަމް އެވޯޑު: 8 ތަނަކަށް 10 އެވޯޑް
ޓޫރިޒަމްގެ ހުއްދަ ނުލިބި ޕްރޮޖެކްޓެއް ލަސްވާތީ ޝަކުވާ
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި
ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު