ޗައިނާގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރަމޯޓް ކުރަން މާލޭގައި މިއަދު ބޭއްވި ދުވުން ފެށީ ސަންގު ފުމެގެންނެވެ.
ޗައިނާގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރަމޯޓް ކުރަން މާލޭގައި މިއަދު ބޭއްވި ދުވުން ފެށީ ސަންގު ފުމެގެންނެވެ.
ގާތްގަނޑަކަށް 700 ހައި ބައިވެރިން ވާދަ ކުރި ތިން ކިލޯ މީޓަރުގެ ދުވުމުގައި އެންމެ ހާއްސަވި މަންޒަރަކީ އެއީ އެވެ. ޗައިނާގެ ސަފީރު ވަން ލިޒިން ވެސް ބައިވެރިވެ ވަޑައިގެންނެވި ދުވުމުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުން ދުވުން ފެށުމުގެ ކުރިން ދިވެހި ސަގާފީ ހެދުމުގައި ހުރި ފިރިހެނަކު ފުމުނު ސަންގުގެ އަޑާއެކު ދުވުން ރަސްމީކޮށް ފެށި އެވެ.
މި ދުވަުމުގައި އޭޝިއަން ގޭމްސްގެ މީޑިއާ އަދި ބްރޮޑްކާސްޓިންގެ ޑައިރެކްޓާ ޒޯ ޖިއަން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު އަބްދު ސައްތާރު ޗަންޕީ އާއި އާއި އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެރެޓަރީ ތަމްހޫ ސައީދު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި 22 ސްކޫލަކުންނާއި ކުޅިވަރުގެ އަށް އެސޯސިއޭޝަނަކުން ވެސް މި ދުވުމުގައި ބައިވެރިވި އެވެ.
އޭޝިއަން ގޭމްސް ޕްރަމޮޓް ކުރުމުގެ ގޮތުން ބޭއްވި ދުވުން --- ފޮޓޯ: އެމްއޯސީ
ސެޕްޓެމްބަރު 23 ން އޮކްޓޯބަރު 8 އަށް ޗައިނާގެ ހަންޖޯގައި ބާއްވާ ގޭމްސް އަކީ މިހާތަނަށް ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެންޓެއް ވާދަ ކުރާ ގޭމްސް އަށް ވާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ކުރިން އިއުލާންކޮށްފަ އެވެ. ރާއްޖޭގައި މި ބޭއްވި ފަން ރަން އަކީ ގޭމްސް ޕްރަމޯޓް ކުރަން ދެކުނު އޭޝިއާގައި ބޭއްވި ފުރަތަމަ ދުވުމެވެ. އޭޝިއާގެ އެކި ގައުމުތަކުގައި މިފަދަ ފަން ރަން ބޭއްވުމަށް ގޭމްސް އިންތިޒާމު ކުރާ ޗައިނާގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އޭޝިއަން ގޭމްސް ޕްރަމޮޓް ކުރުމުގެ ގޮތުން ބޭއްވި ދުވުން --- ފޮޓޯ: އެމްއޯސީ
މިދިޔަ އަހަރު ސެޕްޓެމްބަރުގައި ބާއްވަން ހަމަޖެހިފައި އޮތް ގޭމްސް މި އަހަރަށް ފަސް ކުރީ ޗައިނާގެ ކޮވިޑް ހާލަތާ ގުޅިގެންނެވެ. ތިން އަހަރަށް ފަހު އެ ގައުމުގެ ބޯޑަރު ރަސްމީކޮށް ހުޅުވާލީ މިދިޔަ މަހު އެވެ.
އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯލް ރެފްރީ ހުސައިން މުހައްމަދެވެ. ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.
ހަތަރު ގޭމްސް އަކަށް ޗެފް ޑި މިޝަނުން ހަމަޖައްސައިފި
އޭޝިއަން ގޭމްސްގައި ދިވެހި ޗެފް ޑި މިޝަނަކަށް ހުސައިން
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް 15 މެޑަލްގެ އަމާޒެއް!
އޭޝިއަން ގޭމްސް: ފުރުސަތު ލިބޭނީ ކޮން ބަޔަކަށް؟
އޮލިމްޕިކް ކޮމިޓީ އަށް 63 މިލިއަން ރުފިޔާގެ ބަޖެޓެއް
އެސޯސިއޭޝަންތަކުގެ މާލީ ހާލަތު ބެލުން އެމްއެޗްޕީއޭ އަށް
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
އޭޝިއަންގޭމްސްގެ ސާފިންއިން ފިރިހެން ޖާގައެއް ރާއްޖެއަށް
އޭޝިއަންގޭމްސްގެ ސާފިންއިން އަންހެން ޖާގައެއް ރާއްޖެއަށް