Roadha Mihaaru
މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފި

މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފި

08 ފެބުރުއަރީ 2023

ރައްޔިތުން މަޖިލިހުގެ އިދާރާގައި މިއަދު ޖިމެއް ހުޅުވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައްޔިތުން މަޖިލިހުގެ އިދާރާގައި މިއަދު ޖިމެއް ހުޅުވައިފި އެވެ.

އެ ޖިމް ރަސްމީކޮށް ހުޅުއްވައި ދެއްވީ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޖިމް ހުޅުއްވައި ދެއްވުމަށް ފަހު، އެ މަނިކުފާނު ބައެއް މެމްބަރުންނާއެކު އެ ތަން ބައްލަވައިލެއްވި އެވެ.

މަޖިލިހުގެ އިދާރާގެ އާ އިމާރާތުގެ 12 ވަނަ ފްލޯގައި ޖިމް ހެދީ ޕާކިސްތާނުގެ ސަރުކާރުން މަޖިލިހުގެ އިދާރާ އަށް ދީފައިވާ ހިލޭ އެހީގެ ދަށުން ކަމަށް އެ ތަނުން ބުންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު، މަޖިލިހުގެ އިދާރާގެ ޖިމް މިއަދު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު، މަޖިލިހުގެ އިދާރާގެ ޖިމް މިއަދު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: މަޖިލިސް

މަޖިލިހުގެ އިދާރާގެ ޖިމަށް މި ވަގުތަށް ވަދެވޭނީ މަޖިލިހުގެ މެމްބަރުންނާއި އެ އިދާރާގެ މުވައްޒަފުންނަށް އެކަންޏެވެ.

މަޖިލީހުގެ އިދާރާގައި ޖިމެއް ހެދުމަށް ހުޅުވާލާފައި ވަނީ 2020 ވަނަ އަހަރު އެވެ. އެ ތަނުގައި ރެސްޓޯރެންޓަކާއި ފިހާރައެއް ވެސް ހުުވުމަށް އޭރު ނިންމައި އެ ކަން އިއުލާންކުރި އެވެ. އެ ކަމަކު ފިހާރަ އާއި ރެސްޓޯރަންޓް އަދި ނުހަދަ އެވެ.