Roadha Mihaaru
ގަކްޕޯއާއި ސަލާހު ލަނޑުޖަހައި ލިވަޕޫލަށް ބޮޑު އުފަލެއް

ގަކްޕޯ އާއި ސަލާހް ޑާބީ މެޗުގައި ލަނޑު ޖަހައި ލިވަޕޫލަށް ބޮޑު އުފަލެއް

14 ފެބުރުއަރީ 2023

ލިވަޕޫލް (ފެބްރުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މާސީ ސައިޑް ޑާބީގައި ރޭ ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗުގައި މުހައްމަދު ސަލާހާއި އެޓީމުގެ އާ ފޯވާޑް ކޯޑީ ގަކްޕޯ ގެ ގޯލާ އެކު 2-0 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (ފެބްރުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މާސީ ސައިޑް ޑާބީގައި ރޭ ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗުގައި މުހައްމަދު ސަލާހާއި އެޓީމުގެ އާ ފޯވާޑް ކޯޑީ ގަކްޕޯ ގެ ގޯލާ އެކު 2-0 އިން މޮޅުވެއްޖެ އެވެ.

ލިވަޕޫލުން ލީޑު ނެގީ 36 ވަނަ މިނިޓުގައި ޑާވިން ނޫނޭޒް ދިން ޕާހަކުން ސަލާހު ޖެހި ގޯލުންނެވެ. މިއީ ޑިސެމްބަރު މަހު އެސްޓަން ވިލާ ކޮޅަށް ގޯލު ޖެހި ފަހުން ސަލާހް ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި ދެވަނަ ހާފު ފެށިގެން ފަސް މިނިޓްތެރޭގައި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ނެގި ހުރަހަކުން ގަކްޕޯ ކާމިޔާބު ކުރި ލަނޑަކީ ޖެނުއަރީ މަހު ޓީމާ އަލަށް ގުޅި، މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ޖެހި ފުރަތަމަ ގޯލެވެ.

ލިވަޕޫލަށް ލިބުނު އަނެއް ހިތްހަމަޖެހުމަކީ އަނިޔާގައި ތިބި ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ފޯވާޑް ރޮބާޓޯ ފިރްމީނޯ އަދި ޑިއޯގޯ ޖޮޓާ އަލުން ޓީމާ ގުޅުމެވެ. ތިން ކުޅުންތެރިން ރޭގެ މެޗުގައި ބެންޗުގައި އިން އިރު ފަހު ހާފުހައި ޖޮޓާ އާއި ފިރްމީނޯ ވަނީ ކުޅެން ނުކުމެފަ އެވެ.

ގަކްޕޯ ދެވަނަ ހާފުގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ގަކްޕޯ ދެވަނަ ހާފުގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ހޯދި މޮޅަކީ އެންމެ ފަހުން ލީގުގައި ލިވަޕޫލް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މީގެ ތެރެއިން ތިން މެޗުން ބަލި ވެފައި ވާއިރު އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މި މޮޅާ އެކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ ލިވަޕޫލް ލީގުގައި ކުރިއެރުން ހޯދަން ލިބުނު ހިތްވަރެއް ކަމަށެވެ. ލީގުގެ 10 ވަނައިގައި އޮތް ލިވަޕޫލް ވަނީ މި މޮޅާ އެކު 21 މެޗުން 23 ޕޮއިންޓް ހަމަކޮށް ނުވަވަނައަށް ޖެހިލައިފަ އެވެ.

"މިރޭ ފެނުނީ އަހަރެމެން ކުރަން ޖެހޭ ކަންތައްތައް. ގާތްގަނޑަކަށް 70 ޕަސެންޓް ބޯލް ޕޮސެޝަން ހިފަހައްޓައި، ގޯލު ޖެހީ ދެ ކައުންޓާ ގައި، އެއީ ހާއްސަ ކަމަކީ،" އުފާވެފައި ހުރި ކްލޮޕް ބުންޏެވެ.

"އަހަރެމެން މި ގޭމު ބޭނުން، މި ކުޅުމާއި ނަތީޖާ ބޭނުންވި. މިއީ އަހަރެމެންނަށް ހައްގު މޮޅެއް."

އާ ކޯޗު ޝޯން ޑައިސް އާއެކު އެވަޓަން ފުރަތަމަ މެޗުގައި މިދިޔަ ހަފްތާ ލީގު އެއްވަނައިގައި އޮތް އާސެނަލް ބަލިކުރި ނަމަވެސް ފުރަތަމަ ވާދަވެރި ޑާބީ މެޗު ކާޔާބެއް ނުކުރެވުނެވެ.

ލިވަޕޫލް އަތުން ވީ ބައްޔާ އެކު އެވަޓަން މިހާތަނަށް ކުޅުނު 22 މެޗުން ހޯދާފައިވާ 18 ޕޮއިންޓާ އެކު އޮތީ ތާވަލްގެ 18 ވަނައިގަ އެވެ.