ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ ދެ މައްސަލަ ވެސް ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
14 ފެބުރުއަރީ 2023
ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ ދެ މައްސަލަ ވެސް ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
ހައި ކޯޓު ހިންގުމާ މިހާރު ހަވާލުވެ ހުންނެވި ފަނޑިޔާރު ޝަހީދުއާ ގުޅޭގޮތުން ޖޭއެސްސީން ސުލޫކީ ދެ މައްސަލައެއް ބަލަން ނިންމީ 2019 ވަނަ އަހަރު އެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބާ ގުޅޭ މައްސަލައަކާއި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ ގުޅޭގޮތުން ބެލި މައްސަލައެއް ވެސް ސާބިތުނުވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރު ޝަހީދަކީ ކުރިން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވުމަށްފަހު 2018 ވަނަ އަހަރު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.
މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
އަނބިކަނބަލުންގެ ހުކުމާ އެކު ފައިސަލްއަށް ފައިސާތަކެއް
ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރާއިރު ބަލަނީ ހެއްކަށް
ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ
ފަނޑިޔާރު ނިޔާޒު 23 އަހަރަށް ފަހު ރިޓަޔާކުރައްވަނީ
ފައިސަލް އިސްތިއުފާދިނުމުން ހައި ކޯޓު ހިންގުން ޖަމީލަށް
ހައި ކޯޓަށް އިސްގާޒީ މާހިރު އައްޔަންކުރަން ނިންމައިފި
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި