Roadha Mihaaru
ކުއްޖަކާ ބެހުނު މީހަކު ޑީޕޯޓްކުރުމުން މައްސަލަ ބާތިލް

ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ އިންޑިއާ މީހާ ޑިޕޯޓުކޮށްލައިފި

16 ފެބުރުއަރީ 2023

ޖިންސީ ނިޔަތެއްގައި ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ދައުވާ ލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލަ ފެށި އިރު، ދައުވާ ލިބޭ މީހާ ޑިޕޯޓް ކޮށްލާފައި ވާތީ މައްސަލަ ބާތިލްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ނިޔަތެއްގައި ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ދައުވާ ލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލަ ފެށި އިރު، ދައުވާ ލިބޭ މީހާ ޑިޕޯޓް ކޮށްލާފައި ވާތީ މައްސަލަ ބާތިލްކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަމޭޝް ސިލްވަމޮނީ ނަމަކަށް ކިޔާ އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ކުޑަކުއްޖެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ކްރިމިނަލް ކޯޓުން އެ މައްސަލަ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގައި އިސްތިއުނާފު ރަޖިސްޓަރީ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހު އެވެ. ނަމަވެސް އިސްތިއުނާފު ކުރަން އެ އަހަރުގެ ނޮވެމްބަރު 23 ގައި ހައި ކޯޓަށް ހުށަހެޅި އެވެ. އެކަމަކު، ރަމޭޝް ރާއްޖެއިން ޑިޕޯޓުކޮށްލާފައި ވާތީ، އޭނާއާ ދެކޮޅަށް ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބާތިލު ކުރަން އެ ކޯޓުން ނިންމީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

ރަމޭޝްގެ އެޑްރެހެއް ގޮތުގައި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ޖަހާފައި އޮތުމުން ހައި ކޯޓުން އެންމެ ފުރަތަމަ ސިޓީ ފޮނުވީ އިމިގްރޭޝަނަށެވެ. އެކަމަކު، އެ އިދާރާގެ ބަންދުގައި އޭނާ ނެތް ކަމަށް އޭރު އެންގި އެވެ.

ރަމޭޝްއަށް ހައި ކޯޓުގެ އަމުރު ރައްދު ނުކުރެވިގެން އެ ކޯޓުން ޕީޖީ އޮފީހަށް ފޮނުވި ސިޓީތަކަށް މިދިޔަ މަހުގެ 30 ގައި ޕީޖީ އޮފީހުން ދިން ޖަވާބުގައިވާ ގޮތުން، އޭނާ ޑިޕޯޓުކޮށްލާފައި ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި ދުވަސް ކަމަށްވާ ޑިސެމްބަރު 8، 2022 ގަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "މިހާރު" އަށް ވިދާޅުވީ، ރަމޭޝް ޑިޕޯޓުކޮށްލީ މައްސަލަ އިސްތިއުނާފުކުރި ފަހުން، އިމިގްރޭޝަނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޖީ އޮފީހަށް ނޭނގި ރަމޭޝް ޑިޕޯޓުކުރި އިރު މައްސަލަ އިސްތިއުނާފުކުރަން އުޅޭކަން ވެސް އިމިގްރޭޝަނަށް އޮންނާނީ އަންގައިފަ އެވެ.

"[ޑިޕޯޓުކޮށްލުމުގެ ކުރިން] އަޅުގަނޑުމެން އިސްތިއުނާފު ކުރަން އުޅޭކަން އިމިގްރޭޝަނާ ވެސް ކޮމިއުނިކޭޓް ކުރެވިފައި އޮތީ،" ޝަފީއު ވިދާޅުވި އެވެ.

ހައި ކޯޓުން ރަމޭޝްގެ މައްސަލަ ބޭރުކޮށްލީ، އޭނާ އުޅޭ ތަނެއް ހޯދިއްޖެ ނަމަ އަލުން މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެކަން ޕީޖީ އޮފީހަށް އަންގަމުންނެވެ.