މާލޭގައި އަނބިމީހާގެ ގަޔަށް ވަޅި ހެރި އިންޑިއާގެ މީހާ އެކަން ކުރީ އަނބިމީހާ ނިދާފައި އޮއްވައި ކަމަށް ދައުވާގައި ބުނެފި އެވެ.
13 މާޗް 2022
މާލޭގައި އަނބިމީހާގެ ގަޔަށް ވަޅި ހެރި އިންޑިއާގެ މީހާ އެކަން ކުރީ އަނބިމީހާ ނިދާފައި އޮއްވައި ކަމަށް ދައުވާގައި ބުނެފި އެވެ.
މ. ރިހިވިދުވަރު ގޭގެ ދެވަނަ ފްލޯގައި ދެމަފިރިން ދެމެދު މާރަމާރީއެއް ހިންގައި އަންހެންމީހާގެ ގަޔަށް ވަޅިހެރި ކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެ މައްސަލައިގައި ސްރިނިވަސަން ސުބްރަމަނި ނަމަކަށް ކިޔާ އިންޑިޔާގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރަމާރީ ހިންގުމުގެ ކުށުގެ ދައުވާ ސްރިނިވަސަންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ މިދިޔަ ހަފުތާގައި ކޯޓަށް ހުށަހަޅައިފަ އެވެ.
އެ ދައުވާގައި ބުނާ ގޮތުން ސްރިނިވަސަން އޭނާގެ އަނބިމީހާގެ ފައިގެ ފަލަމަސްގަނޑަށް ވަޅި ހެރީ ސިޓިން ރޫމުގައި ނިދާފައި އޮއްވަ އެވެ.
އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާގެ ފޫކޮޅުގެ މަސްގަނޑާ ދިމާލަށް ހަރާފައިވާ ވަޅިއާ އެކު، ވަޅި ނުނައްޓަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަންޒަަރު ފެންނަ ވީޑިއޯއެއް އާންމުވި އިރު އަންހެން މީހާގެ ހެދުމުގެ ތިރި ލެއިން އޮތީ ތަތްތެޅިފަ އެވެ. އަދި އޭނާ ރޮއެ، ގިސްލާ އަޑު ވެސް ވީޑިއޯގައި އިވެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ސްރިނިވަސަންގެ ބަންދުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ 10 ދުވަހަށް އިތުރު ވެސް ކޮށްފަ އެވެ.
އެ ހާދިސާގައި ފިރިހެންމީހާގެ ބަނޑަށް ވެސް ވަޅި އެވެ. މާ ފުންކޮށް އޭނާގެ ބަނޑަށް ވަޅި ހަރާފައި ނުވިޔަސް ފުލުހުން ގާތު އޭނާ ބުނެފައި ވަނީ ވަޅި ޖެހީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު ހޮސްޕިޓަލުގައި އޭނާ ބުނީ ވަޅި ހެރީ އަނބިމީހާ ކަމަށެވެ.
ފިރިހެން މީހާއާ ހަވާލާދީ ފުލުހުން ކޯޓުގައި ކުރިން ބުނެފައި ވަނީ އޭނާ އަމިއްލަ އަށް ބަނޑަށް ވަޅި ހެރީ ހާދިސާ ހިނގައިގެން އުޅޭ ތަނަށް ފުލުހުން ދިއުމުން އެ މީހުންގެ ކުރިމަތީގައި ކަމަށެވެ. އަދި އެ މީހާ ބުނެފައި ވަނީ އަމިއްލަ ހަށިގަނޑަށް ހަމަލާދިނީ ފުލުހުން ދިއުމުން ބިރުން ކަމަށެވެ.
އީސައާމެދު އަމަލުކުރީ ތަފާތުކުރުން އޮންނަ ގޮތަށް: ކޯޓް
އީސަ ދަރިފުޅު ބެލްކަނިން ވައްޓާލަން އުޅުމުގެ ތުހުމަތު
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
މުދިމު ގަޔަށް ވަޅި ޖެހުން: ދައުވާކުރަން ޕީޖީއަށް
އީސަ ހައްޔަރު ކުރަން އަމުރެއް ނުދިން
އީސަ ހައްޔަރުކުރުމުގެ އަމުރު ހޯދަން ކޯޓަށް ހުށަހަޅައިފި
ދޯނީގައި ބިދޭސީމީހާ މަރާލި މައްސަލައިގައި ދައުވާކޮށްފި
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް