ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު 10 އަހަރަށް ޖަލަށްލައި، ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
18 ޖެނުއަރީ 2017
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު 10 އަހަރަށް ޖަލަށްލައި، ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ކޯޓުން އެ ހުކުމްކުރީ ގދ. ރަތަފަންދޫ ނޫމާގޭ، ސަފާ އަހުމަދާއި މާލޭ ދަފްތަރު ނަމްބަރު 2109، އަބްދުﷲ ޝުއައިބުގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް އެ ހުކުމް އައީ ފެބްރުއަރީ 2015 ގައި އެ މީހުން އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައިއިރު އެ ދެ މީހުންގެ ފޮށިން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އެ ގޮތުން، ސަފާގެ ފޮށީގައި އޮތް ފުޅިއެއްގެ ތެރެއިން ބައި ކިލޯގެ މަސްތުވާތަކެތި ފެނުނުއިރު، ޝުއައިބުގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ވެސް ބައި ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
އޭގެ ތެރެއިން ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމާ އެކު، 50،000ރ. އިން ޖޫރިމަނާކޮށް، އެއް މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ކޯޓުން ވަނީ އަންގައިފަ އެވެ.
އެ މީހުންނަށް އައި ޖަލު ހުކުމުގެ މުއްދަތު ކުޑަވީ އެ މީހުން އެތެރެކުރީ މަސްތުވާއެއްޗެއްގެ ގޮތުގައި ބޭނުންކުރެވޭ ބޭހަކަށް ވާތީ އެވެ. މަސްތުވާއެއްޗެއްގެ ގޮތުގައި ބޭނުންކުރެވޭ ބޭހެއް އެތެރެކޮށްފި ނަމަ ޖަލަށް ލެވޭނީ ގިނަވެގެން 10 އަހަރަށެވެ.
އެކަމަކު، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެތެރެކޮށްފި ނަމަ، އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މަސްތުވާއެއްޗެއްގެ ގޮތުގައި ބޭނުންކުރެވޭ ބޭހަކީ ޑޮކްޓަރެއްގެ ހުއްދަ ލިބިގެން ސިއްހީ ބޭނުންތަކަށްޓަކައި ގެންގުޅެވޭ އަދި އެތެރެކުރެވޭ މަސްތުވާތަކެއްޗެވެ. މަނާ ކުރެވިފައިވާ މަސްތުވާތަކެއްޗަކީ އެ ގެންގުޅުމާއި އެތެރެކުރުން އެއްވެސް ގޮތަކުން ހުއްދަ ނުވާ މަސްތުވާތަކެއްޗެވެ.
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ޑްރަގް ބޮޑު މައްސަލައެއްގައި ދޫކުރި މައްސަލަ ނުބެލި
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރެޓް ވައްކަމުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދު
ދިގައްޔާއި އާއްޓޭއަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު
ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ފައިސާއަށް ޑްރަގް އެތެރެކުރާ މީހަކު އުމުރަށް ޖަލަށް