ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އަދި އެ މައްސަލާގައި ބަންދުކުރި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
11 ޑިސެމްބަރ 2025
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އަދި އެ މައްސަލާގައި ބަންދުކުރި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހިފަހައްޓާފައި ހުރި ސިނގިރެޓް ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ފެންމަތިވުމާ އެކު، 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ލޮޓަސްގެ ވެރިޔާ އާރިފާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ ދިގަލި ހައްޔަރުކުރީ އެކަމަށް ފަންޑް ކުރުމުގެ ތުހުމަތުގަ އެވެ.
އެ އެންމެންގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދި، ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވާ ނަމަވެސް މިހާތަނަށް ދައުވާކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ވަކި ނުނިންމަ އެވެ. ޕީޖީ އޮފީހުން ބުނީ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 17 އަށެވެ.
އެ މައްސަލާގައި ތަހުގީގު ނިމި، ދައުވާ ކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ އާރިފާއި ދިގަލި އަދި ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ކ. ތުލުސްދޫ، ލިންކު، ހަސަން އަބްދުއްރަހުމާން ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެ ހުށަހެޅުމާ އެއްގޮތަށް އެ ތިން މީހުން މިއަދު ވަނީ ދޫކޮށްލައިފަ އެވެ.
އެ މީހުން ބަންދުން ދޫކުރަން އެދުނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީ އެވެ. އަދި ހަސަން އަބްދުއްރަހްމާން ޝަރުތު ކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމީ އެއީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިހާތަނަށް އެ ތިން މީހުން ވެސް ތިބީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލާގައި ދެން ހިމެނޭ މީހުން ބަންދުން ދުލެއް ނުކުރެ އެވެ.
އޭގެ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އެއީ ސިނގިރޭޓް ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށް ވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށެވެ.
ވިޔަފާރިވެރިންގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މީގެ އިތުރުން އެމްޕީއެލްގެ ތިން މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހާއި ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.
މި މައްސަލާގައި ދައުވާކޮށްދޭން އެދިފައިވަނީ 11 މީހެއްގެ މައްޗަށެވެ. އެއީ ހައްޔަރުކޮށްފައި ތިބި 10 މީހުންގެ އިތުރުން މުހައްމަދު ޝަރީފު، ދަފްތަރު ނަންބަރު ރސ 1355 އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެ އެވެ.
1- ޒިވާރު އިސްމާއިލް، މެދުރީގެ، ހދ. ވައިކަރަދޫ (އެމްޕީއެލް ކަސްޓަމްސްގެ އިސް އޮފިސަރެއް)
2- އަހުމަދު ޝަހީމް، ނޫރަލީގެ، ހދ. ވައިކަރަދޫ
3- އަހުމަދު ފިރުސާން، ހ. ރުމޭނިއާ
4- ހުސައިން ސާމިހު، ޗާންދަނީގެ، ސ. ހިތަދޫ
5- އާދަމް ވަހީދު، ނ. މިލަދޫ، ކެނެރީގެ
6- މުހައްމަދު އަލަމިން މިއާ (ބަންގްލަދޭޝް)
7- މުއާޒު އަލީ، ހ. ނިއު ހެޕިނަސް
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައިފާސްކޮށްފައިވެ އެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ.
ސިނގިރޭޓް ވައްކަމުގައި ހިމެނޭ އެންމެންނަށް ދައުވާކުރަނީ
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ޝިފާއުގެ މައްޗަށް މި މަހު 15ގައި ހުކުމް އިއްވަނީ
އާއްޓޭ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ފަހުން ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމުކޮށްފި
ސިނގިރޭޓް ވައްކަމަށް އެހީވި ކަމަށް ތުހުމަތުކޮށްފި
ސިނގިރެޓް ވައްކަމުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދު
ދިގައްޔާއި އާއްޓޭއަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު