16 ފެބުރުއަރީ 2023
މި އަހަރުގެ މިހާތަނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
މި އަހަރުގެ މިހާތަނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިއީ މި އަހަރުގެ ބަޖެޓުގައި ގެއްލުމުގެ ބަދަލަށް ކަނޑައެޅި އަދަދުގެ ގާތްގަނޑަކަށް 90 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޭދަކުރަން ކަނޑައެޅީ 101 މިލިއަން ރުފިޔާ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް އެގްރީމެންޓާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުންނެވެ. ވޭތުވެދިޔަ ހަތަރު އަހަރު ވެސް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހޭދަކޮށްފަ އެވެ.
ކުރީގެ ސަރުކާރުތަކުން ލިބުނު ގެއްލުމުގެ ބަދަލުތައް ހޯދުމަށް މި ސަރުކާރުން ވަނީ ސެޓްލްމަންޓް ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ކުރީގެ ސަރުކާރުތަކުން އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
މި މައްސަލަތައް ބަލަން އުފެއްދި ސެޓުލްމަންޓް ކޮމިޓީއަށް 37 މައްސަލައެއް ހުށަހެޅި އެވެ. އެ ކޮމިޓީގެ ފަހު ބައްދަލުވުން ފެބުރުއަރީ 2021 ގައި ބާއްވައި ސެޕްޓެމްބަރު މަހު ވަނީ އުވާލައިފަ އެވެ. އެއަށް ފަހު އަނެއްކާ މިދިޔަ އަހަރުގެ ފަހުކޮޅު އާ އުސޫލެއް އެކުލަވައިލާ ގެއްލުމުގެ ބަދަލު ހޯދަން މައްސަލަ ހުށަހަޅަން ފުރުސަތު ހުޅުވައިލި އެވެ.
ބަދަލު ދިނުމުގެ މައްސަލަތަކުގައި އަމަލު ކުރާ އުސޫލާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ އިރު ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ، ކޮރަޕްޝނަށް މަގުފަހިވާ ކަމަށް އޭސީސީން ނެރުނު ރިޕޯޓެއްގައި 2021 ވަނަ އަހަރު ފާހަގަކޮށްފައިވެ އެވެ.
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި
މިދިޔަމަހު ލިބުނީ 2 ބިލިއަން، 2.4 ބިލިއަން ހޭދަވި
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 64 ބިލިއަނަށް
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ދަށަށް!
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ފުރަތަމަ ހަފްތާ:ހަރަދު 520 މިލިއަން ރުފިޔާ
ކުރީ ސަރުކާރުން މިއަހަރު ބަދަލަށް 438 މިލިއަން ދިން