Roadha Mihaaru

ޝެއިހް ޒައިދުގެ "ކައިވެނި" އަލްބަމްގެ ޓްރެއިލާ ނެރެފި

17 ފެބުރުއަރީ 2023

ޝެއިހް އަލީ ޒައިދްގެ "ކައިވެނި" އަލްބަމްގެ ޓްރެއިލާ ނެރެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޝެއިހް އަލީ ޒައިދްގެ "ކައިވެނި" އަލްބަމްގެ ޓްރެއިލާ ނެރެފި އެވެ.

ތާރަޖަހައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދި އެ މަދަހަ އަލްބަމްގެ ޓްރެއިލާ އިއްޔެ ނެރެފައިވާއިރު، އޭގައި، ޒައިދުގެ އިތުރުން، އަބްދުﷲ ފަރީދު (އަބޯ) އާއި ޝަލަބީ އިބްރާހިމް އަދި އެ އަލްބަމްގައި ފީޗާކޮށްފައިވާ އިތުރު ދެ މީހެއްގެ މަދަހަ ވަނީ އިއްވާލައިފަ އެވެ.

އެ އަލްބަމްގައި ހިމެނޭ 16 މަދަހަ ކޮމްޕޯސްކޮށްފައި ވަނީ ޒައިދް އަމިއްލަ އަށެވެ.

އެ އަލްބަމް ނެރުމުގެ މަގްސަދަކީ އިސްލާމީ ނަޒަރިއްޔާތަކުން ކައިވެނީގެ ހަފްލާތައް ފަޅުފިލުވައިދިުން ކަމަށް ޒައިދް ބުނެފައިވެ އެވެ. އެ އަލްބަމްގެ މަދަހަތަކުން، ކައިވެނީގެ މުގައްދަސް ގުޅުމުގެ މުހިންމުކަމާއި، ކައިވެނީގެ މަތީ ސާބިތުވެތިބުމަށް ނަސޭހަތް ދިނުމުގެ އިތުރުން، ދެމަފިރިންނަށް ކައިވެނީގެ މަރުހަބާ ކިޔުން ފަދަ ޅެންތައް އިވޭނެ އެވެ.

"ކައިވެނި" އަލްބަމުގެ ޓްރެކްތައް ހުށަހަޅައިދިން 12 ވޯކަލިސްޓުން

"ކައިވެނި" އަލްބަމުގެ ޓްރެކްތައް ހުށަހަޅައިދިން 12 ވޯކަލިސްޓުން

އެ އަލްބަމްގެ މަދަހަތައް ކިޔާފައިވަނީ ޒައިދާއި، އަބޯ އާއި ޝަލަބީގެ އިތުރުން ރާއްޖޭގައި ފާހަގަކޮށްލެވޭ ލަވަކިޔުންތެރިން ކަމަށްވާ، ހުސައިން އަލީ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) ހިމެނޭހެން ޖުމްލަ 12 ވޯކަލިސްޓުންނެވެ.

"އަލް-ކައޫން" އަދި "ޓޮނިކް ލައިވް ސްޓޫޑިއޯ" ގުޅިގެން އުފައްދާފައިވާ މި އަލްބަމް މާދަމާ ރޭ ރިލީޒްކުރަން ހަމަޖެހިފައި ވަނީ މާދަމާ ރޭ އެވެ.