މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ސިލްސިލާކޮށް ނެރެމުން އަންނަ މަދަހަ އަލްބަމް "ހިދާއީ ނޫރު" ގެ ހަތަރު ވަނަ ބައި، ކުރީގެ މަޝްހޫރު މަދަހަތަކެއްގެ ހަނދާންތަކާ އެކު ރޭ ނެރެފި އެވެ.
29 އެޕްރީލް 2021
މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ސިލްސިލާކޮށް ނެރެމުން އަންނަ މަދަހަ އަލްބަމް "ހިދާއީ ނޫރު" ގެ ހަތަރު ވަނަ ބައި، ކުރީގެ މަޝްހޫރު މަދަހަތަކެއްގެ ހަނދާންތަކާ އެކު ރޭ ނެރެފި އެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި ކުޑަ ހަފުލާއެއްގައި އަލްބަމް ނެރެދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކީރީތި ރަސޫލާ އަށް މަދަހަ ސަނާ ކިޔުމާއި އިސްލާމް ދީނުގެ މަތިވެރިކަމުގެ ވާހަކަ އާއި ދީނުގެ ނަސޭހަތް އާންމުންގެ ޝައުގުވެރިކަން ދަމައިގަންނަ ގޮތަށް މަދަހަތަކުން ފަސޭހައިން ފަހުމްވާ ގޮތަށް ގެނެސްދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
މިނިސްޓަރު ވިދާޅުވީ ޝަލަބީގެ ފަރާތުން ގިނަ ބަޔަކަށް މަދަހަ އާއި ޤުރުއާން ދަސްވުމަކީ ވަރަށް ބޮޑަށް ކުރެވޭ އުންމީދެއް ކަމަށެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ) އާއި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް
"ހިދާއީ ނޫރު 4" ގައި ޖުމްލަ އަށް މަދަހަ ހިމެނޭ އިރު މީގެ ތެރެއިން ހަތަރު މަހަދަ އަކީ ކުރީގެ ވަރަށް މަޝްހޫރު މަދަހަތަކެއް، ޝަލަބީގެ އަޑުން ކިޔާފައިވާ މަދަހަތަކެވެ. އެ މަދަހަތަކުގެ ތެރޭގައި އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ)، މުހައްމަދު ތައުފީގު (ހާޖަރާ ތައުފީގު) އަދި ވަރަށް ގިނަ މަދަހަތަކެއް ކިޔައިގެން އާންމުންގެ ސަމާކުލުކަން ހޯދި ޝިފްނާގެ މަދަހަތަކެއް ވެސް ހިމެނެ އެވެ.
މިހާރު ސައިންޑްކްލައުޑުން އަޑުއަހައިލެވޭ އަލްބަމްގެ މަދަހަތައް ރެކޯޑްކޮށްފައި ކ. ގާފަރުގައި އެ ރަށުގެ ނިހާން ސްޓޫޑިއޯގަ އެވެ.
ޝަލަބީ ބުނި ގޮތުގައި އޭނާގެ ފަރާތުން ކޮންމެ ރޯދަ މަހަކު މަދަހަ އަލްބަމެއް ނެރެމުން އަންނަނީ މަދަހަ އާއި ދީނީ ނަސޭހަތްތަކަށް އާންމުންގެ ލޯބި ޖައްސައި މަދަހަތަކަށް ގިނަ ބައެއްގެ ހިތްޖެއްސުމަށްޓަކަ އެވެ. އެގޮތުން "ހިދާއީ ނޫރު" ގެ ފުރަތަމަ އަލްބަމް ނެރުނީ 2016 ގަ އެވެ.
ޝަލަބީ އަކީ ޓީވީއެމުން ގެނެސްދިން "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނުން އާންމުންގެ ސަމާލުކަން ހޯދި ފަންނާނެކެވެ. އޭނާ މިހާތަނަށް ވަރަށް މަގުބޫލު އެތައް ލަވައެެއް ވެސް ކިޔައި، ބައެއް ލަވަތަކުގެ ވީޑިއޯ ވެސް ނެރެފައިވެ އެވެ.
ޝަލަބީގެ ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމް ނެރެފި
ޝަލަބީގެ "ހިދާއީ ނޫރު 2" ނެރެފި
އާޓިސްޓުންގެ މަސައްކަތަށް އަގު ލިބޭނެ؟
މީހަކު ކުރާ ކުށެއްގެ ނާޖައިޒު ފައިދާ ނަގައިގެން ނުވާނެ
އިމްރާން: މަކުނުދޫ ދާއިރާއާ އޮތީ ހާއްސަ ގުޅުމެއް!
ކުރީގެ މިނިސްޓަރު އިމްރާން މަޖިލީހަށް ވާދަކުރައްވަނީ
އެކުގައި ވާދަކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް
"މި އުއްމަތުގެ ނިކަމެތި ހާލަތާ މެދު ހިތާމަކުރަންޖެހޭ"
އިިދިކޮޅުން އިމްރާނަށް: ފިތުނަ އުފެދޭ ވާހަކަ ނުދަައްކާ
އަހަރަކަށް ވުރެ ގިނައިން މުއިއްޒަށް ވެރިކަން ނުކުރެވޭނެ