19 ޖެނުއަރީ 2017
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ ތެރެއިން ކުދި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންނަށް ލުއި ދިނުމުގެ ގަވައިދު އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ ތެރެއިން ކުދި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންނަށް ލުއި ދިނުމުގެ ގަވައިދު އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
ހޯމް މިނިސްްޓްރީން ބުނީ ގަވައިދު އޭޖީން ބަލައިގަތްހާ އަވަހަކަށް އެ ގަވައިދު ގެޒެޓުކޮށް އެ އަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.
"ގަވައިދު ޑްރާފްޓްކޮށް ނިންމައި، އެޕްރޫވް ކުރުމަށް އޭޖީ އަށް މިހާރު ވާނީ ފޮނުވާފައި. ލަފާ ކުރެވޭ ގޮތުން މި މަސްތެރޭގައި ގެޒެޓް ކުރެވޭނެ،" އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުދި ކުށްތައް ކޮށްގެން ޖަލަށް ލާފައިވާ މީހުންނަށް ދޭ ލުއިތަކުގެ ތެރޭގައި އެ މީހުންގެ ހުކުމުގެ މުއްދަތު ކުޑަކުރުމާއި ގޭބަންދަށް ބަދަލު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މާފުށީ ގައިދީން ރިހިބިލިޓޭޓްކޮށް އެކި ތަމްރީނުތައް ދިނުމަށް ކަރެކްޝަނަލް ސާވިސް އިން މިދިޔަ އަހަރު ހިންގި ކޯސްތައް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ކުށްވެރިންނަށް ލުއި ދިނުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.
މި ގަވައިދުގެ އިތުރުން، ބޮޑެތި ކުށްވެރިންނަށް ލުއި ދިނުމުގެ ގަވައިދަކާއި ކުށްވެރިންނަށް މާފު ދިނުމުގެ އާ ގަވައިދެއް ވެސް ވަނީ މިދިޔަ އަހަރު އެކުލަވާލާފަ އެވެ.
ބޮޑެތި ކުށްވެރިންނަށް ލުއި ދިނުމުގެ ގަވާއިދު ބުނާ ގޮތުން މީހުން މެރުމާއި ޓެރަރިޒަމްގެ ކުށްތަކާއި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ކުޑަކުދިންނާ ބެހުމުގެ ކުށްތަކާއި މަނީ ލޯންޑްރިން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައި ތިބި މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް ލުއި ކުރެވޭނީ އެ މީހުންގެ ހުކުމުގެ ދެ ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުންނެވެ.
އަޒްލީން ވިދާޅުވީ ކުދި ކުށްތަކުގައި ހުކުމް ތަންފީޒު ކުރާ ގައިދީންނަށް ރައީސް ދެއްވަން މި ނިންމެވީ މާފެއް ނޫން ކަމަށާއި އެކަމަކު މާފަކާ ވަރަށް އެއްގޮތް ލުޔެއް ކަމަށެވެ. އަދި އެ ލުއި، ޖަލުގެ 300 ނުވަތަ 200 ކުށްވެރިންނަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުން މެރުމާއި ކަޓަރު އެޅުން ފަދަ ބޮޑެތި ޖަރީމާތައް ފިޔަވައި އެހެން ކުށްތަކުގައި ޖަލަށް ލާފައި ތިބި މީހުން، ޖަލުގެ އޮފިސަރުންގެ އެންގުންތަކަށް ބޯލަނބައި، އަހުލާގު ރަނގަޅު ނަމަ އެ ލުއި ލިބޭނެ ކަމަށެވެ.
"އެ ލުއި ލިބޭ މީހުންނަކީ ޖަލަށް ވަދެވުނު މޮޔަ ހީވާ މީހުން. ޖަލުގެ ބަދަލުގައި އާއިލާއާ އެކު ދިރިއުޅުމަށް، އިސްލާހުވާން އެ މީހުން މަސައްކަތް ކުރާނެ،" އަޒްލީން ވިދާޅުވި އެވެ.
"އެހެންވެ، ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުން ފިޔަވައި އެހެން އެންމެން، ރައީސްގެ އެހީއާ މެދު އުއްމީދު ކަނޑާނުލުމަށް އަޅުގަނޑު އެދެން"
މި ގަވައިދުތަކުގެ އިތުރުން ޕެރޯލްގެ ދަށުން ވެސް މިދިޔަ އަހަރު 80އަށް ވުރެ ގިނަ ކުށްވެރިން ވަނީ ދޫކޮށްލާފަ އެވެ.
ކުދި ކުށްތަކުގައި ޖަލުގައި ތިބި ގައިދީންނަށް މާފު ދެނީ
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ދަން ޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ވާނުވާގައި ތިބި މީހުން ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
ސެމްސަންގްގެ ވެރިޔާ ޕެރޯލްގެ ދަށުން މިނިވަންކޮށްފި
ރައީސް، 105 ގައިދީއެއްގެ އަދަބު ލުއިކޮށްދެއްވައިފި
ޖަލުތަކުގެ އިސްލާހު "ވާނުވާގައި"، ހިތްހަމަނުޖެހުން!
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!