ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަދު މެލޭޝިއާގެ މައްޗަށް ވެސް އަފްޣާނިސްތާނުން ކުރި ހޯދައިފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަދު މެލޭޝިއާގެ މައްޗަށް ވެސް އަފްޣާނިސްތާނުން ކުރި ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިއަދު މެންދުރު ފަހު ކުޅުނު މެޗު އަފްޣާނިސްތާނުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ އަފްޣާންގެ ޓީމުން ވަނީ ސިންގަޕޫރު ވެސް ބަލިކޮށްފަ އެވެ.
ރާއްޖެއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ތަފާތު ދެއްކި މެލޭޝިއާގެ ޓީމަށް، މިއަދުގެ އަފްޣާނިސްތާނާ ދެކޮޅަށް އެކަމެއް ނުދެއްކުނެވެ. ފުރަތަމަ ސެޓް އަފްޣާނިސްތާނުން ކާމިޔާބު ކުރީ 25-22 ންނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ 25-21 ންނެވެ.
އަފްޣާނިސްތާނާ މެލޭޝިއާ މިއަދު ކުޅުނު މެޗުގެ ތެރެއިން: އަފްޣާން މެޗު ކާމިޔާބު ކުރީ 3-1 ސެޓުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެލޭޝިއާއިން ކުރި ހޯދީ ތިންވަނަ ސެޓްގަ އެވެ. އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުން ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ. ތިންވަނަ ސެޓްގައި އަފްގާނިސްތާން ފެނުނީ ކޮމްބިނޭޝަން ގެއްލިފައި އޮތް ތަނަވެ. އެ ޓީމުން ބްލޮކް ކުރަން މަސައްކަތް ކުރި ގިނަ ބޯޅަތަކުގައި ވެސް ދޫވެގެން ވެއްޓުނީ އަމިއްލަ ކޯޓްގެ ތެރެއަށެވެ.
އަފްޣާނިސްތާނުން ހަތަރުވަނަ ސެޓްގައި ކަންކަން ރަނގަޅު ކުރި އެވެ. މެޗުގެ ތެރެއަށް އަނބުރާ އާދެވުނު ނަމަވެސް ދެން ޖެހިގެން އައި ސެޓްގައި މެލޭޝިއާގެ ކުޅުން ފަނޑުވި އެވެ. އަފްޣާނިސްތާނުން އެ ސެޓް 25-19 މޮޅުވެ މެޗު ވެސް ކާމިޔާބު ކުރި އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އެއްވަނަ ހޯދާ ޓީމުން ވާދަ ކުރަން ޖެހޭނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ. އަފްޣާނިސްތާނުން މިހާރު ވަނީ އެއްވަނަ މަގާމު ކަށަވަރު ކުރުމާ ގާތަށް ޖެހިލާފަ އެވެ. ފިރިހެން ޑިވިޝަނުގައި މިރޭ ރާއްޖެއިން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.
ފިރިހެން ބައިގެ ޗެމްޕިއަންކަން މެލޭޝިއާ ހޯދައިފި
ގޯސްތައް ރަނގަޅު ނުކުރެވުމުން ދިވެހި ޓީމަށް ދެރަ ލިބިއްޖެ
ފުރަތަމަ މެޗު ސިންގަޕޫރު ބަލިކޮށް އަފްޣާނިސްތާނަށް
ގޯސް ހެދުނުކަމަށް އެއްބަސްވެ ޝަމާއިލް މައާފަށް އެދިއްޖެ
ޝަމާއިލަށް އަދަބު، އޭނާ ކުޅުނު މުބާރާތްވެސް ހުއްޓިއްޖެ
ބްލެކްމެއިލްގެ ތުހުމަތަށް ކޯޗު ސޮފްވާން ސަސްޕެންޑްކޮށްފި
ތުހުމަތުތަކާ ގުޅިގެން ކޯޗު ސޮފްވާން ސަސްޕެންޑް ކޮށްފި!
ސުޕަ ލީގުގައި ބައިވެރިވާން ހުރިހާ ރަށަކަށް ހުޅުވާލައިފި
ގައުމީ ޒުވާން ވޮލީ ޓީމުގެ ކޯޗަކަށް އިރާންގެ ނަޒާރީ
ސީޒަން ފަސްކުރަން ޖެހުމުން، ސަރުކާރުން ބަދަލު ދެނީ