Roadha Mihaaru
ފިރިހެން ބައިގެ ޗެމްޕިއަންކަން މެލޭޝިއާ ހޯދައިފި

ސިންގަޕޫރު ބަލިކޮށް ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މެލޭޝިއާއިން ހޯދައިފި

27 ފެބުރުއަރީ 2023

ފައިނަލުގައި ސިންގަޕޫރުގެ މައްޗަށް ކާމިޔާބު ހޯދައި ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މެލޭޝިއާއިން ހޯދައިފި އެވެ.

ފައިނަލުގައި ސިންގަޕޫރުގެ މައްޗަށް ކާމިޔާބު ހޯދައި ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މެލޭޝިއާއިން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗު މެލޭޝިއާއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެލޭޝިއާއިން ސެޓުތައް ގެންދިޔައީ 25-20، 25-23 އަދި 25-16 އިންނެވެ.

ސެމީ ފައިނަލުގައި އިއްޔެ އަފްޣާނިސްތާންގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ސަޕްރައިޒިން ނަތީޖާއެއް ނެރުނު ސިންގަޕޫރުން މިއަދުގެ މެޗުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.

މެޗު ކާމިޔާބު ކުރުމަށް ފަހު މެލޭޝިއާ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މެޗު ކާމިޔާބު ކުރުމަށް ފަހު މެލޭޝިއާ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު ހަވީރު ކުޅުނު ފައިނަލު މެޗުގައި ސިންގަޕޫރުގެ ޓީމުން ފެނުނީ މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ފެނުނު އާދައިގެ ކުޅުމެވެ. މިއަދުގެ ފައިނަލުގައި ސިންގަޕޫރު އަތުން ސެޓުތައް ދިޔައީ މާ ފަސޭހަކޮށެވެ.

ސިންގަޕޫރުން، މެލޭޝިއާ ކިރިޔާ ވެސް ވާދަކުރެވުނީ ދެވަނަ ސެޓުގަ އެވެ. އެ ސެޓްގައި ގޭމްޕޮއިންޓްގައި އޮއްވައި އެއް ޕޮއިންޓާ ފަރަގު ކުޑަ ކުރި އެވެ. ތިންވަނަ ސެޓުގައި އެ ޓީމު ފެނުނީ މާ ދަށްކޮށެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުގައި މިރޭ ރާއްޖެއިން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.