ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ވޯޓު ހަމަކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވެސް ފަށާނެ ކަމުގެ އިންޒާރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ވޯޓު ހަމަކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވެސް ފަށާނެ ކަމުގެ އިންޒާރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ދެއްވައިފި އެވެ.
"މަޖިލިސްގެ ރައީސް ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފި ނަމަ ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ނަޝީދުގެ ފެކްޝަންގެ އިސް މެމްބަރު އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ސަބަބެއް ސާފުނުވި ނަމަވެސް އެ ފެކްޝަންގައި އެންމެ ހަރަކާތްތެރި އެއް މެމްބަރު އުނގޫފާރު ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދު ތަގުރީރު ދެއްވީމާ ވާ ގޮތާއި މަޖިލިހުގެ ތަޅުމުގައި ކޮންމެ ޖަލްސާއަކު އެ ތަގުރީތުތައް ދެއްވަން ފައްޓަވައިފި ނަމަ ވާނެ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާ ބޮޑަށް ސާފުވާނެ ކަމަށެވެ.
"ނުކެރޭނެ ވަކިކުރާކަށް،" ނަޝީދު މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ވައްޑެ ކުރެއްވި ޓުވީޓުގައި ވެ އެވެ.
ނަމަވެސް އޭގެ ޖަވާބުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، "އަޅުގަނޑަށް ހީވަނީ މި ފަހަރު ވަކިކުރާނެހެން" ކަމަށެވެ.
"ރައީސް ސޯލިހު ވަރަށް ބޮޑަށް ކޯފާވެއްޖެ ވައްތަރު ޖަހަނީ މަޖިލިސް ބައެއް މެމްބަރުން މިހާރު އުޅުއްވާ ގޮތުން،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަންގެ ޓުވީޓްގައި ވިދާޅުވި އެވެ.
ނަމަވެސް ވައްޑެ ވިދާޅުވީ، "ސާދާ މަގުމަތި ބަހުރުވައިން" މަޖިލިސް ތެރޭގައި ބަހުސްތައް ކުރަން ފަށާ ހިސާބަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ކޯޅުމާއެކު މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ސޮއި ހޯދުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބައެއް މެމްބަރުން ކުރިން ފެއްޓެވި އެވެ. ވަކި ހިސާބަކުން އެ ކަން ހުއްޓާލިއިރު ސޮއި ވެސް ހަމަކޮށްފައިވާ ކަމަށް ރައީސްގެ ފެކްޝަނުން ބުނެފައި ވެ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ.
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
ފުލުފުލުން އިންޒާރު، ޕާޓީން ކަނޑާލަން ނުކެރޭ؟
ނަޝީދަށް އޮތީ އަމާންދިނުން، ނޫނީ ޕާޓީ ގެއްލުން!
ވޯޓު ނުދިނީ އަމީން ބަހައްޓާކަށް ނޫން: ޣަފޫރު
އަޅުގަނޑު މަގާމުން ވަކިކުރާނީ ރައީސް: ފައްޔާޒު
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!