Roadha Mihaaru
ތިން ތަށި ހޯދުން ސިޓީން ހަނދާން ނައްތާލާ: ގާޑިއޯލާ

ތިން ތަށި ހޯދުން ސިޓީން ހަނދާން ނައްތާލާ: ގާޑިއޯލާ

01 މާޗް 2023

ބްރިސްޓަލް (މާޗް 1) - ބްރިސްޓަލް ސިޓީގެ އަތުން 3-0 އިން މޮޅުވެ، އެފްއޭ ކަޕުގެ ކުއާޓާ ފައިނަލް ބުރަށް މެންޗެސްޓާ ސިޓީ ދަތުރުކުރި ނަމަވެސް މި ސީޒަނުގައި އެ ކްލަބަށް ތިން ތަށި ނުހޯދޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބްރިސްޓަލް (މާޗް 1) - ބްރިސްޓަލް ސިޓީގެ އަތުން 3-0 އިން މޮޅުވެ، އެފްއޭ ކަޕުގެ ކުއާޓާ ފައިނަލް ބުރަށް މެންޗެސްޓާ ސިޓީ ދަތުރުކުރި ނަމަވެސް މި ސީޒަނުގައި އެ ކްލަބަށް ތިން ތަށި ނުހޯދޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޗެމްޕިއަންޝިޕް ނުވަތަ ދެ ވަނަ ޑިވިޝަންގެ ކެލްބަ ބްރިސްޓަލްގެ ދަނޑުގައި ސިޓީން ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ފިލް ފޮޑެން އާއި ކެވިން ޑި ބްރައިނާ އެވެ. ފޮޑެން ދެ ލަނޑު ޖެހި އެވެ.

އޭނާގެ ކުރީގެ ޓީމު، އެފްސީ ބާސެލޯނާ އަށް 2009 ގައި ލީގާއި ކަޕް އަދި ޗެމްޕިއަންސް ލީގު ހޯދައި ދިން ގާޑިއޯލާ ބުނީ ސިޓީގައި އެކަން ކުރަން އުނދަގޫ ކަމަށެވެ.

"ނޫން، އެކަން (ތިން ތަށި ހޯދުން) ހަނދާން ނައްތާލާ. މުޅިން ހަނދާން ނައްތާލާ. އެ ވާހަކަ ދައްކަން ފަށާއިރަށް މުބާރާތްތައް އަތުން ދޫވެގެން ދާނެ. މުބާރާތްތައް ގެއްލޭނެ،" ރޭ ގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

"އެކަމަށް (ތިން ތައްޓަށް) އަހަރެމެން ތައްޔާރެއް ނޫން. އެކަމަށް ވިސްނަން ވެސް އެންމެ ސިކުންތެއް ވެސް ހޭދަ ނުކުރަން. އަހަރެމެން ވިސްނާނީ ކުރިއަށް އޮތް ނިއުކާސަލް މެޗާ މެދު."

އޭނާ ބުނީ ސީޒަންގެ ފަހު ތިން މަސް ކުރިމަތީގައި އޮންނަ އިރު ތިން މުބާރާތުގައި ސިޓީ އޮތަސް އަބަދު ވެސް އޭނާ ބުނަމުން ދަނީ ޗެމްޕިއަންސް ލީގު ހިމަނައިގެން ތިން ތަށި ނުހޯދޭނެ ވާހަކަ ކަމަށެވެ.

އެހެން މުބާރާތްތަކުގައި ތަށި ހޯދަން ލީގުގެ ޕޮއިންޓްތައް އަތުން ދޫވެގެންދާން އޭނާ އަށް ފުރުސަތު ނުދެވޭނެ ކަމަށް ބަޔާން މިޔުނިކަށް ޖަރުމަން ލީގު ތިން ފަހަރު ހޯދައި ދިން ގާޑިއޯލާ ބުންޏެވެ.

"މިއީ [ޕްރިމިއާ ލީގު ހޯދުމަކީ] އެންމެ ބޮޑު ނަމެއް ހާސިލުވާ މަސައްކަތް. މިއީ އެންމެ ބޮޑު ތަށި. އަހަންނަށް އެނގޭ އަހަރެމެންނަށް ޕްރިމިއާ ލީގުގައި ޕޮއިންޓް އަތުން ދުވާން ފުރުސަތު ދެވެން ނެތް ކަން. ސަބަބަކީ އަހަރެމެންނަށް ވުރެ ކުރީގައި އެބައޮތް އާސެނަލް. އަހަރެމެންގެ ފަހަތުން އެބަ އާދޭ މެންޗެސްޓާ ޔުނައިޓެޑް،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އޮތީ ޕްރިމިއާ ލީގުގެ ދެވަނައިގަ އެވެ. އާސެނަލް އޮތީ އެއް ވަނއިގަ އެވެ. ޔުނައިޓެޑް ތިން ވަނައިގަ އެވެ. ގާޑިއޯލާ ބުނީ ތިން ތަށި ހޯދަން ޕްރިމިއާ ލީގަށް ދޭ ސަމާލުކަން ކުޑަ ނުކުރާނެ ކަމަށެވެ.