ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކްސްޓްރީމް ސްޕޯޓްސް ކުރިއަރުވަން މަސައްކަތް ކުރާ ރެޑްބުލް އިން ރާއްޖޭގައި މުޅިން އަލަށް ބޭއްވި "ރެޑްބުލް ސްޕައިކް" ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލޭޑީސް އިން ބްލޫ އާއި ސަނީ ސުއިޓްސް އިން ހޯދައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކްސްޓްރީމް ސްޕޯޓްސް ކުރިއަރުވަން މަސައްކަތް ކުރާ ރެޑްބުލް އިން ރާއްޖޭގައި މުޅިން އަލަށް ބޭއްވި "ރެޑްބުލް ސްޕައިކް" ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލޭޑީސް އިން ބްލޫ އާއި ސަނީ ސުއިޓްސް އިން ހޯދައިފި އެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން ލޭޑީސް އިން ބްލޫ ހޯދީ ފައިނަލުގައި ސީދާ ދެ ގޭމުން ސަނީ ސުއިޓްސް އިން ބަލިކޮށްގެންނެވެ. ސެތްތައް ގެންދިޔައީ 23-21 އަދި 21-4 އިންނެވެ.
ޗެމްޕިއަންކަން ހޯދި ލޭޑީސް އިން ބްލޫ ޓީމުގައި ހިމެނެނީ ރާއްޖޭގެ އިންޑޯ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ އިތުރުން އައިޝަތު ޝަހާ ޝާމިން އާއި ފާތިމަތު ޝަމްހާ އަދި ފާތިމަތު ޒީނިއާ އާއި މަރިޔަމް އަޒުމާ އެވެ.
އަންހެން ބައިގެ ރަނަރަޕް ސަނީ ސުއިޓްސް ޓީމުގެ ކުޅުންތެރިންނަކީ ފާތިމަތު ޖޫޒާން ޒަރީރާއި އާއިޝަތު މާޖިދާ ގެ އިތުރުން ފާތިމަތު މަޒިއްޔާ އާއި އާމިނަތު އަރީޝާ އަދި މަރިޔަމް މާޔާ އެވެ.
އަންހެން ހަ ޓީމު ވާދަކުރި މުބާރާތުގެ ތިންވަނަ ހޯދީ ޓީމް ޓްރޫ އެވެ. އަދި ހަތަރު ވަނައަށް ދިޔައީ ޓީމް ފްލޭމްސް އެވެ.
މުޅި އެކު 13 ޓީމު ވާދަކުރި ފިރިހެން ބައިގެ ޗެމްޕިއަންކަން ސަނީ ސުއިޓްސް އިން ހޯދީ ފައިނަލުގައި ސީދާ ދެ ގޭމުން؛ 21-16 އަދި 21-13 އިން ނިއޯން ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
ޗެމްޕިއަންކަން ހޯދި ސަނީ ސުއިޓްސް އިން ޓީމަށް ކުޅުނީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަލީ އާމިރު އަދި އަލީ ޝިމާލްގެ އިތުރުން އިބްރާހިމް އާދިލް އާއި މުހައްމަދު ނިހާދެވެ. ނިއޯން ސްޕޯޓްސް ކުލަބަށް ކުޅުނު ކުޅުންތެރިންނަކީ އާދަމް ފައިރޫޒް އާއި އަލީ ނިމާލް އަދި ޖަވާމް އަލީ ގެ އިތުރުން ހުސެއިން ރަޒާން އަދި މުހައްމަދު މިމްރާހް ހަސަން އެވެ.
ފިރިހެން ބައިގެ ތިންވަނަ ހޮވި މެޗުގައި އަލްޖިބްރާ ބަލިކޮށް މޮޅުވީ ޑީވީވީއޭ އެވެ.
ހުޅުމާލެ ޔޫތު ޕާކު ބީޗް ވޮލީބޯޅަ ކޯޓުގައި މުބާރާތް ކުރިއަށް ގެންދިޔައީ މި މަހުގެ 1 އިން 4 ގެ ނިޔަލަށެވެ. ރެޑްބުލް އިން ހާމަކުރާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އެހެން އަތޮޅުތަކުގައި މި މުާރާތް ބާއްވަން އިސްކަން ދޭނެ އެވެ.
ރެޑްބުލް ފޯ ޓޫ ސްކޯ ރާއްޖޭގެ ކޮލިފައިން ފަށައިފި
ނިއުޓްރަލް ރެފްރީއަކަށް އިންމައަށް އޭވީސީގެ ދައުވަތު
ކްލަބް ޓީއެންޓީއަށް ފްރީސްޓައިލާ ޝޯން ގާނިއާގެ ތައުރީފް
ރާއްޖޭގެ ޓީއެންޓީ، ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް
ހުސެންގެ ފަހަތުންގޮސް އިންމައަށް އޭވީސީ ރެފްރީގެ ދަރަޖަ
ކާވާގެ ބީޗް ވޮލީ މުބާރާތް އޯގަސްޓް މަހު އައްޑޫގައި
ބީޗް ވޮލީ ފިލިޕީންސް ޓްއާގެ އިސް ޑެލިގޭޓަކަށް ހުސައިން
މުޅި ރާއްޖެއަށް ހުޅުވާލާއިގެން ބީޗް ވޮލީ މުބާރާތެއް
ކުއާޓާއިން ބަލިވެ ރާއްޖެ އަށް ތަށި ދިފާއު ނުކުރެވުނު
ދެން ކޯޗުކަން ކުރަން ބޭނުމެއް ނޫން: ކްލޮޕް