19 ޖެނުއަރީ 2017
ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމެކޭ ބުނެފި ނަމަ، އެ ފިލްމަކަށް ކުރެވޭ އުންމީދު އަބަދުވެސް ވަރަށް ބޮޑު ވާނެ އެވެ. ދެ އަހަރެއްހާ ދުވަސް ފަހުން އޭނާ މިހާރު މި ވަނީ މުޅިން އާ ފިލްމެއް ލޯންޗްކޮށްފަ އެވެ. ނަމަކީ "ހައްދު" އެވެ.
ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމެކޭ ބުނެފި ނަމަ، އެ ފިލްމަކަށް ކުރެވޭ އުންމީދު އަބަދުވެސް ވަރަށް ބޮޑު ވާނެ އެވެ. ދެ އަހަރެއްހާ ދުވަސް ފަހުން އޭނާ މިހާރު މި ވަނީ މުޅިން އާ ފިލްމެއް ލޯންޗްކޮށްފަ އެވެ. ނަމަކީ "ހައްދު" އެވެ.
ފައްތާހު އޭނާގެ ސަޕޯޓަރުންނަށް ދޭ ޔަގީން ކަމަކީ ފޫހި ކަމެއް ނެތި ބަލާ ހިތްވާ ކަހަލަ، ރީތި އަދި މޮޅު ފިލްމެއް މި ފަހަރު ގެނެސް ދިނުމެވެ. އޭނާ ބުނީ "ހައްދު" އަކީ ވަރަށް "ސަޅި" ފިލްމަކަށް ވާނެ ކަމަށެވެ.
ފައްތާހާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކުރާ ފިލްމް މިރޭ ވަނީ ފުރަތަމަ ޕޯސްޓަރާ އެކު ލޯންޗްކޮށްފަ އެވެ.
"ހައްދު" އަކީ އަނެއްކާ ވެސް ފިލްމީ ދާއިރާ އަށް އާ އެކްޓަރަކު ތައާރަފުވެގެން ދާނެ ފިލްމެކެވެ. އެއީ ޝިބާން އަހުމަދެވެ. އޭނާއާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ޑިމާންޑް ބޮޑު އަދި އެންމެ އުންމީދީ ބަތަލާ މަރިޔަމް އައްޒަ އެވެ. އަދި އައިމިނަތު ރިޝްފާ ވެސް ބައިވެރިވެ އެވެ.
ފައްތާހު ބުނީ އެ ތިން ތަރިންނާ އެކު، "ހައްދު" ގެ ކާސްޓުން ރާއްޖޭގެ މަޝްހޫރު ތަރިންތަކެއް ފެނިގެން ދާނެ ކަމަށެވެ.
"ހައްދު" ގެ ލޯންޗިންގެ ތެރެއިން.
"މި ފިލްމަކީ އަނެއްކާ ވެސް މުޅިން އާ އެކްޓަރަކު ތައާރަފުވާ ފިލްމެއް. ޝިބާން އަކީ ދިވެހި ފިލްމަކުން މިހާތަނަށް ފެންނާނެ އެންމެ ރީތި އެއް އެކްޓަރަށް ވާނެ. އޭނާއަކީ ވަރަށް ރީތި ވަރުގަދަ ހަށިގަނޑެއް ވެސް ހުރި އެކްޓަރެއް،" އޭނާ ބުންޏެވެ.
އަންނަ މަހު ޝޫޓިން ފަށާ މި ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ މާލެ އާއި ހއ. ކެލާގެ އިތުރުން ރ. ވާދޫގަ އެވެ. ފިލްމުގެ ކެމެރާމަނަކީ އިބްރާހީމް ވިސާން (ކަނޑި) އެވެ.
ފިލްމުގެ ވާހަކައާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލަކަށް ދާކަށް ފައްތާހު އަދި ބޭނުމެއް ނޫނެވެ. ކުރުކޮށް ކިޔައި ދޭ ނަމަ "ހައްދު" ގައި ދައްކުވައި ދޭނީ ވަކި ލިމިޓެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ ތަފާތު ހާދިސާތަކެކެވެ.
"ވަރަށް ޝޯޓް އެންޑް ސްވީޓްކޮށް މި ފިލްމް ޕްރެޒެންޓްކޮށް ދޭން ބޭނުން ވަނީ. އެހެންވެ ޔަގީންކަން ދެން މިހާރު ވެސް މިއީ ފޫހި ކަމެއް ނެތި، ބަލާލާފައި ހިނިތުންވެލައިގެން ހުރެ ސިނަމާއިން ނިކުމެގެން ދާ ކަހަލަ ފިލްމަކަށް ވާނޭ،" 2014 ގައި "އާދޭސް" ގައި ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
"ހައްދު" ގެ ލޯންޗިން ހަފުލާގައި ފައްތާހު މިއަދު ވާހަކަ ދައްކަނީ.
ފައްތާހުގެ ފެވަރިޓް ނާޒިޔާ އިސްމާއިލް ކޮސްޓިއުމް ތައްޔާރުކޮށް ދޭ، "ހައްދު" ގައި ޕްރޮމޯޝަނަލް ލަވައާ އެކު އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭނެ އެވެ. ލަވަތަކުގެ މިއުޒިކް ހަދަނީ އިބްރާހީމް ނިފާރު (ތިއްތި) އެވެ. ލިރިކްސް ހަދައިފައި ވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.
ޕްރޮމޯޝަނަލް ލަވަ ފިޔަވައި، ފިލްމުގެ އެހެން ހުރިހާ ލަވައެއް ކިޔާނީ ތޭރަވާ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔައި ދޭނީ "ވޮއިސް އޮފް މޯލްޑިވްސް" އިން ވިދާލި އަހުމަދު ޔާފިއު އެވެ.
"ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނަން. އަދި ރޯދައިގެ ކުރިން ނިންމާލަން ޕްލޭންކޮށްފައި މިއޮތީ. އޭގެ މާނައަކީ މެއި މަހާ ހަމައަށް އަންނަ އިރު، ފިލްމުގެ ޝޫޓިން ނިންމާލެވޭނޭ،" އޯކޭޒް އިންކާ ގުޅިގެން ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާ ފިލްމާ ބެހޭ ގޮތުން ފައްތާހު ބުންޏެވެ.
"ހައްދު" ސިނަމާ އަށް އަންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ގަ އެވެ.
"ހައްދު" އާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ: ރިޝްފާ
ފައްތާހް "ރެހެންދި ހަދީޖާ" ސްކްރީނަށް ގެންނަނީ
"ހައްދު" ގައި މަހުދީ ބޭނުންވާ ސިފަތައް އެބަހުރި
ފައްތާހްގެ "ހައްދު" ކްރޫ ކެލާގައި
ޖުމްހޫރީ ދުވަހަށް ފުލުހުންގެ ކުރު ފިލްމެއް
މުންކޮ އާއި މަހުދީ އަށް "ގާލްފްރެންޑްސް"
ސިލްސިލާ "ރޭޝަމް" ބައިސްކޯފަށް
"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން
ދިވެހި ސިލްސިލާތައް؛ އެންމެ ކަމުދިޔައީ ކޮންއެއްޗެއް؟
އެންމެ ޑައިރެކްޝަނެއް، އެކަމަކު އަދިވެސް އުންމީދުކުރެވޭ