28 އޯގަސްޓް 2017
އަންނަ މަހުގެ ހައެއްގައި ރިލީޒް ކުރާ ފިލްމް "ހައްދު" ގައި ކުޅެފައިވާ ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބެލުންތެރިންނަށް ފިލްމް ވަރަށް ކަމުދާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އެ ފިލްމުގެ އެއް ބަތަލާ އައިނިމަތު ރިޝްފާ ބުނެފި އެވެ.
އަންނަ މަހުގެ ހައެއްގައި ރިލީޒް ކުރާ ފިލްމް "ހައްދު" ގައި ކުޅެފައިވާ ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބެލުންތެރިންނަށް ފިލްމް ވަރަށް ކަމުދާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އެ ފިލްމުގެ އެއް ބަތަލާ އައިނިމަތު ރިޝްފާ ބުނެފި އެވެ.
އޭނާ ބުނީ ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ފިލްމެއް ނަމަ، އެއާ ދޭތެރޭ އުފައްދާނެ ސުވާލެއް ވެސް ނޯންނާނެ ކަަމަށެވެ. އެހެންވެ "ހައްދު" ވެގެން ދާނީ ބެލުންތެރިން ވަރަށް ގަޔާވާނެ ފިލްމަކަށް ކަމަށް ބަތަލާ ބުންޏެވެ.
"އަހަރެން ކުޅުނު ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި މި ހުރީ. ފައްތާހް ބޭނުންވި ވަރަށް މަސައްކަތް ކުރެވުނު ކަމަށް ގަބޫލު ކުރަން. އަހަރެންގެ މެކްސިމަމް ދީފައި ހުންނާނެ،" ފައްތާހާ އެކު މަސައްކަތް ކުރި ފުރަތަމަ ފީޗާ ފިލްމާ ބެހޭ ގޮތުން ރިޝްފާ ބުންޏެވެ.
އޭނާ ބުނީ ފައްތާހަކީ ވަރަށް ރީތިކޮށް އަދި ފުރިހަމަކޮށް މަސައްކަތް ކުރަން ބޭނުންވާ ޑައިރެކްޓަރެއް ކަމަށެވެ.
ރިޝްފާއާ ބެހޭ ގޮތުން ސްކްރީންރައިޓަރު މަހުދީގެ ވާހަކަތައް.
"އެހެންވީމަ ހައްދުގެ ކޮންމެ ކެރެކްޓާއަކަށް ވެސް ވަކިވަކިން ވަރަށް މަސައްކަތްކޮށްފައި ހުންނާނީ. އަހަންނާއި ޝިބާން އާއި އައްޒަގެ އިތުރުން ފިލްމުން ފެނިގެންދާ ސަޕޯޓިން ކާސްޓް ވެސް ވަރަށް ފުރިހަމަ ވާނެ،" މިދިޔަ އަހަރު "ނޭނގި ޔާރު ވަކިވީ" އިން ފެނުނު ބަތަލާ ބުންޏެވެ.
ރިޝްފާ ބުނީ "ހައްދު" ބަލަން ޖެހޭ ވަރަށް ގިނަ ސަބަބުތައް ވެސް އެބަހުރި ކަމަށެވެ. އެގޮތުން މި ފިލްމަކީ 2014 ގެ ފަހުން ފައްތާހު ގެނެސްދޭ ފުރަތަމަ ފިލްމަށްވުން ހިމެނެ އެވެ.
"ފައްތާހްގެ ސަޅި އަދި ފުރިހަމަ މަސައްކަތެއް ބަލާލަން ބޭނުން ނަމަ ހައްދުއަކީ ހަމަ ކޮންމެހެން ވެސް ބަލާލަން ޖެހޭނެ ފިލްމެއް. ފިލްމް ޕްރޮމޯޓް ކުރަމުން އަންނަ ގޮތަށް ހަމަ ރެކޯޑް ބްރޭކިން މޫވީއަކަށް މީތި ވާނީ،" އޭނާ ބުންޏެވެ. "އެ ޔަގީންކަން އެބަ އޮތް. ސަބަބުތައް ކިޔައި ދެންޏާ ވަރަށް ބައިވަރު ސަބަބުތައް އެބަހުރި."
"ހައްދު" ގެ ޓީޒާްއެއް.
"ހައްދު" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ލޯބީގެ ފިލްމެކެވެ. އެހެން ނަމަވެސް ފިލްމްގެ ކޮންސެޕްޓް ލޯބީގެ އެހެން ފިލްމްތަކާ ތަފާތު ވާނެ ކަމަށް ފައްތާހް ބުނެ އެވެ.
ރިޝްފާ އާ އެކު "ހައްދު" ގައި ލީޑް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަގެ އިތުރުން އަލަށް ތައާރަފުވާ އަހުމަދު ޝިބާން އެވެ.
"ހައްދު" ގެ ޓިކެޓް އޮލިމްޕަހާއި ސްވެކް ސިނަމާ އިން މިހާރު އަންނަނީ ވިއްކަމުންނެވެ.
ހަ އަހަރު ފަހުން "4 ހަޅަ" ބައިސްކޯފަށް
"ހައްދު" މިރެއިން ފެށިގެން އޮލިމްޕަހަށް
"ހައްދު" ޝްވެކް ސިނަމާގައި ވެސް ދައްކާނެ
ފައްތާހް "ރެހެންދި ހަދީޖާ" ސްކްރީނަށް ގެންނަނީ
"ހައްދު" ގައި މަހުދީ ބޭނުންވާ ސިފަތައް އެބަހުރި
ފައްތާހްގެ "ހައްދު" ކްރޫ ކެލާގައި
"ހައްދު": ފައްތާހުގެ ވަރަށް ސަޅި ފިލްމަކަށް ވާނެ
ޖުމްހޫރީ ދުވަހަށް ފުލުހުންގެ ކުރު ފިލްމެއް
މުންކޮ އާއި މަހުދީ އަށް "ގާލްފްރެންޑްސް"
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޓީޒާ ދައްކާލައިފި