Roadha Mihaaru
އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް ހުއްޓިއްޖެ

ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް ހުއްޓިއްޖެ

09 މާޗް 2023

ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް މިއަދު ހުއްޓިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް މިއަދު ހުއްޓިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން ލެބޯޓަރީގެ ހިދުމަތް ހޯދާ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނީ، ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައާ ގުޅިގެން ލެބޯޓަރީގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުވިހާ އަވަހަކަށް އެކަން އިއުލާންކުރާނެ ކަމަށް ވެސް އެ ޓުވީޓްގައި ބުންޏެވެ.

"މި ކަމުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ،" އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، މިއަދު އެ ހޮސްޕިޓަލުން ލެބޯޓަރީގެ އެއްވެސް ހިދުމަތެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ ސާމްޕަލް ނެގުމަށް ފަހު، ހުޅުމާލެ ހޮސްޕިޓަލުގެ ލެބަށް ގެންގޮސްގެން ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.