ހދ. ކުޅުދުއްފުށީގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
15 މާޗް 2023
ހދ. ކުޅުދުއްފުށީގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް މިއަދު 11:15 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން،" ފުލުހުން ބުންޏެވެ.
ހދ. ކުޅުދުއްފުށީގައި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓް.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި ހަތަރު މީހުން އިތުރުން އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި މީހަކު މެއަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން އަންނަ ކަމަށެވެ.
"އެ މީހުންނަށް ބޭރު ފުށުން މާ ބޮޑު އަނިޔާވެފައި ހުރި ކަމަށް ނުބެލެވޭތީ، އިންޓާނަލީ އިންޖަރީއެއް ހުރިތޯ މިހާރު އަންނަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ރަށުގައި އެންމެ ކާރުބާރުބޮޑު މަގުގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލުތައް ވަރަށް ބޮޑަށް ހަލާކުވި ކަމަށް ވެސް އޭނާ ބުންޏެވެ.
ކުއްޖަކު ދުއްވި ޕިކަޕެއް ގޮސް އެރީ އެއާޕޯޓް ފެންސަށް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
އެކްސިޑެންޓަކާ ހެދި ބަދަލު ހޯދަންކުރި ދައުވާ ނާކާމިޔާބު
ދުންޖަހާ މީހުން ޖޫރިމަނާކޮށް ވެހިކަލް ވެސް އަތުލަންވީ!
ލައިސަންސް ނެތި ދުއްވަނިކޮށް ޖެހުނީ ކުއްޖެއްގެ ގައިގައި
މަގު ހުރަސްކުރަނިކޮށް ކާރުން ޖައްސައި ފިލުމުން ހައްޔަރު
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ