17 މާޗް 2023
މި ސީޒަނުގައި ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ނަޕޯލީ އަށް ވެދާނެ ކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި އެކަމާ ފަހުރުވެރިނުވާ ކަމަށް ނަޕޯލީގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުނެފި އެވެ.
މި ސީޒަނުގައި ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ނަޕޯލީ އަށް ވެދާނެ ކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި އެކަމާ ފަހުރުވެރިނުވާ ކަމަށް ނަޕޯލީގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުނެފި އެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓުގެ ލީޑެއްގައި އޮތް ނަޕޯލީ އަކީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސިޓީ ވާދަކުރަން ޖެހިދާނެ ޓީމެކެވެ. ކުއާޓާ ގުރުނެގުން މިއަދު އޮންނާނެ އެވެ.
އާރްބީ ލީޕްޒިގް 7-0 އިން ބަލިކޮށް ކުއާޓާ އަށް ދަތުރުކުރި މެޗަށް ފަހު އިޓަލީ ނޫސްވެރިން ގާތު ގާޑިއޯލާ ބުނީ ކުޅުމުގެ ސްޓައިލަށް ބަލާއިރު ނަޕޯލީ އޮތީ، އިނގިރޭސި ލީގު ޑޮމިނޭޓްކުރަމުން އަންނަ އާސެނަލްއާ ވަރަށް ކައިރީގައި ކަމަށެވެ.
"ވެދާނެ ނަޕޯލީ އަކީ މި ސީޒަނުގައި ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށް،" ގާޑިއޯލާ ބުންޏެވެ.
އެއިންޓްރެކްޓް ފްރެންކްފަޓް 2-0 އިން ބަލިކޮށް ކުއާޓާ އިން ޖާގަ ހޯދުމަށް ފަހު ސްޕަލެއްޓީ ބުނީ ގާޑިއޯލާ ދެއްކި ވާހަކައިން އޭނާ ފަހުރުވެރިނުވާ ކަމަށާއި އެ ވާހަކަތަކުން އޭނާ އަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
"އިދިކޮޅު ޓީމަށް ޕްރެޝަރު ދޭން، ކޯޗުން ކުޅޭ މި ގޭމް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ،" ސްޕަލެއްޓީ ބުންޏެވެ. "އޭނާގެ ބޭނުމަކީ އަހަރެމެން ކުރިއަށް ލުން. އޭރުން އަހަރެމެން ފަސޭހައިން ވެއްޓޭނެތާ."
ސިޓީން ޓްރާންސްފާގައި ހޭދަކުރި 900 މިލިއަން ޔޫރޯ އަށް އިޝާރާތްކޮށް ސްޕަލެއްޓީ ބުނީ ނަޕޯލީން ހޭދަކުރީ އެންމެ 9 މިލިއަން ޔޫރޯ ކަމަށާއި އެހެންވެ އެ ޓީމު ކުރީގައި އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
އާޓިފިޝަލް ވިނައިގައި ކުޅެންޖެހޭތީ ގާޑިއޯލާ ފާޑުކިިޔައިފި
ސިޓީގެ ކާމިޔާބީގެ ސިއްރަކީ ޝެއިހް މަންސޫރު: ގާޑިއޯލާ
ޗެމްޕިއަންސް ލީގު ހޯދައި ގާޑިއޯލާ ފުޓްބޯޅައިގެ ތަހުތަށް
އެހެން މީހަކަށް ނުކުރެވުނު ކަމެއް: ގާޑިއޯލާއަށް ވާނެތަ
ރެއާލް މެޗުގެ ކޮންޓްރޯލް އޮތީ ސިޓީ އަތުގައި: ގާޑިއޯލާ
ގާޑިއޯލާ ބުނިގޮތަށް ގޮތް ނިންމުން ސިޓީގެ ދަނޑުގައި