Roadha Mihaaru
އެމްޑީއެން އުވާލަން ނިންމީ ރަނގަޅަށް: ސިވިލް ކޯޓް

އެމްޑީއެން އުވާލަން ނިންމީ ރަނގަޅަށް: ސިވިލް ކޯޓް

28 މާޗް 2023

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި އެ ޖަމްއިއްޔާ ސަސްޕެންޑް ކުރުމަށްފަހު އެ ޖަމްއިއްޔާ ސަރުކާރުން އުވާލާފައިވާނީ 2019 ވަނަ އަހަރު އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ އެމްޑީއެންގައި މަސައްކަތްކުރި ޝަހިންދާ އިސްމާއިލެވެ.

ސިިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޖަމްއިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިގެންވާ ބާރުގެ ދަށުން އެމްޑީއެން އުވާލަން ނިންމާފައިވަނީ ޖަމްއިއްޔާތަކާބެހޭ ގާނޫނުގައި ބުނާ އިޖްރައާތު ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. އަދި އިސްލާމްދީނާ ހިލާފް އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ ކަންކަން ކުރުމަކީ ޖަމްއިއްޔާތަކަށް މަނާ ކަމެއް ކަމަށް ވާއިރު، އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ހިލާފް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހުކުމުގައިވަނީ އެމްޑީއެން އުވާލަން ނިންމުމުގައި ގާނޫނާ ހިލާފަށް ކަމަށް ނުބެލެވޭ ކަމަށެވެ.

އެމްޑީއެން އުވާލަން ނިންމީ އެ ޖަމްއިއްޔާއާ ދެކޮޅަށް ރާއްޖޭގައި ގިނަ މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ.