01 އެޕްރީލް 2023
ދައުލަތުގެ ބަޖެޓުގައި މި އަހަރުގެ ފުރަތަމަ ތިން މަހަށް އެސްއޯއީތަކަށް ކަނޑައެޅި އަދަދަށް ވުރެން އިތުރަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ދައުލަތުގެ ބަޖެޓުގައި މި އަހަރުގެ ފުރަތަމަ ތިން މަހަށް އެސްއޯއީތަކަށް ކަނޑައެޅި އަދަދަށް ވުރެން އިތުރަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އެސްއޯއީތަކަށް 406 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. އެކަމަކު މިއަހަރުގެ ބަޖެޓުގައި އެސްއޯއީތަކަށް ދޭން ކަނޑައަޅާފައިވަނީ ޖުމްލަ 370 މިލިއަން ރުފިޔާ އެވެ. އެހެންވެ، ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް 36 މިލިއަން ރުފިޔާ އެސްއޯއީތަކަށް ދޫކޮށްފި އެވެ.
ވޭތުވެދިޔަ ފަސް އަހަރު އެސްއޯއީތައް ހިންގަން 18 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ. އަދި މިދިޔަ ހަތަރު އަހަރު އެވްރެޖުކޮށް ހަތަރު ބިލިއަން ރުފިޔާ އެސްއޯއީތަކަށް ދައުލަތުގެ ބަޖެޓުން ދީފައިވެ އެވެ.
ސަރުކާރު ހިއްސާ އޮންނަ 30 ވިޔަފާރި ކުންފުނި އޮތްއިރު އޭގެ ތެރެއިން ދައުލަތަށް ފައިދާވާ ކުންފުނިތަކުގެ އަދަދު ދިހައަކަށް ވެސް ނާރަ އެވެ.
ކޮންމެ އަހަރަކު ދައުލަތުން އެސްއޯއީތަކަށް ބޮޑު ހަރަދެއް ކުރާ އިރު އާމްދަނީގެ ގޮތުގައި އެސްއޯއީތަކުން ދައުލަތަށް ލިބެންޖެހޭ ބޮޑެތި އަދަދުތައް ހުރީ ނުލިބި އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޑިވިޑެންޑްގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ނުލިބި އޮތް އިރު ޖީއެސްޓީ އާއި ބީޕީޓީގެ ގޮތުގައި 570 މިލިއަން ރުފިޔާ ނުލިބި އެބަ އޮތެވެ.
ސަރުކާރުގެ ކުންފުނިތައް ރަނގަޅުކުރާނެ މީހަކު ހޯދަނީ
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި
ބައެއް ކުންފުނިތަކާ ހެދި ދައުލަތަށް ބުރަ ބޮޑުވަނީ!
ހިންގުން ރަނގަޅު ނުކުރާ ވެރިން ބަދަލުކުރާނަން: އަމީރު
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ބަޖެޓު ސަޕޯޓަށް ބޭރުން 6.7 ބިލިއަންގެ ލޯނު ހޯދަނީ
ކުންފުނިތަކުގެ ބަޖެޓު ފިނޭންސަށް ހުށަހަޅަން ޖެހޭނެ
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
50،000 މުވައްޒަފުންގެ މުސާރައަށް 14 ބިލިއަން
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް