Roadha Mihaaru
މާލޭގައި ކެމިކަލް ގުދަނެއް ހުރި މައްސަލައެއް!

މާލޭގައި ކެމިކަލް ގުދަނެއް ހުރި މައްސަލައެއް ފެންމަތިވެއްޖެ

03 އެޕްރީލް 2023

މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައި ހުރި މައްސަލައެއް ފެންމަތިވެ، އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ. މިއީ މާލެ އިން ކެމިކަލް ގުދަންތައް ބޭރުކުރި ފަހުން، މިފަދަ ތަނެއް ފަޅާއެރި ފުރަތަމަ ފަހަރެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައި ހުރި މައްސަލައެއް ފެންމަތިވެ، އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ. މިއީ މާލެ އިން ކެމިކަލް ގުދަންތައް ބޭރުކުރި ފަހުން، މިފަދަ ތަނެއް ފަޅާއެރި ފުރަތަމަ ފަހަރެވެ.

އެ ކެމިކަލް ގުދަން ހުރީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެންނެވެ.

ގަލޮޅުގައި ހުރި ކެމިކަލް ގުދަން: އެ ގުދަން ހަދައިފައި ހުރީ ގަވާއިދާ ހިލާފަށް ކަމަށް ސިފައިން ބުނި.-- ފޮޓޯ: އަހްމަދު ނައީމް | ޓުވިޓާ

ގަލޮޅުގައި ހުރި ކެމިކަލް ގުދަން: އެ ގުދަން ހަދައިފައި ހުރީ ގަވާއިދާ ހިލާފަށް ކަމަށް ސިފައިން ބުނި.-- ފޮޓޯ: އަހްމަދު ނައީމް | ޓުވިޓާ

ބައެއް މީޑިއާތަކުން އެ މައްސަލަ ސިފައިންނާއި ފުލުހުންގެ ސަމާލުކަމަށް ރޭ ގެނައުމުން، އެމްއެންޑީއެފުން ބުނީ، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން އިނީޝިއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ސިފައިން ބުންޏެވެ.

"މިތަނުގައި ގަވާއިދާއި ހިލާފަށް ބައެއް އެއްޗެހި ގުދަން ކޮށްފައިވާ ކަން ފާހަގަކުރެވިފައި ވާތީ މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި، ފުލުހުން މިކަމަށް އެޓެންޑްވަމުން އަންނަ ކަމުގައި ދަންނަވަން،" އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

އެ ގުދަނުގައި ހުރި ތަކެއްޗާއެކު މީހަކު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގަލޮޅުގައި ހުރި ކެމިކަލް ގުދަނުގެ އެތެރެ: އެ ގުދަން ހަދައިފައި ހުރީ ގަވާއިދާ ހިލާފަށް ކަމަށް ސިފައިން ބުނި.-- ފޮޓޯ: އަހްމަދު ނައީމް | ޓުވިޓާ

ގަލޮޅުގައި ހުރި ކެމިކަލް ގުދަނުގެ އެތެރެ: އެ ގުދަން ހަދައިފައި ހުރީ ގަވާއިދާ ހިލާފަށް ކަމަށް ސިފައިން ބުނި.-- ފޮޓޯ: އަހްމަދު ނައީމް | ޓުވިޓާ

އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މިހާރު މަނާ ކަމެކެވެ. ކެމިކަލް ގުދަންކުރަން ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިދީފަ އެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އެވެ. އެ ހާދިސާގައި ގިނަ ބައެއްގެ ގެދޮރު ގެއްލުނެވެ.