ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ކަމަށް ލަންކާގެ ނޫހެއްގައި ބުނެފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ކަމަށް ލަންކާގެ ނޫހެއްގައި ބުނެފި އެވެ.
ދިވެހި ފުލުހުން ވެސް މިރޭ އެކަން "މިހާރު" އަށް ކަށަވަރު ކޮށްދިނެވެ. އެކަމަކު، އަދި ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އެމްއެންޑީއެފުން އިއްޔެ ބުނެފައިވާ ގޮތުގައި، އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގަ އެވެ.
ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏަސް އެ ބޯޓާ ގުޅޭ އިތުރު ތަފުސީލެއް ސިފައިން ނުދެ އެވެ.
ނަމަވެސް، ލަންކާގެ ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އިއްޔެ އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.
އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައި ވެ އެވެ.
ބޯޓު އެމްއެންޑީއެފުން ހޯދާފައިވަނީ، ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް ރާއްޖެ އަންނަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވެސް ލަންކާގެ ކޯސްޓް ގާޑުން ވަރަށް ފަހުން ވަނީ އަތުލައިގެންފަ އެވެ. އެ ބޯޓުން 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ.
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ގަވާއިދާހިލާފަށް ވަން ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފި
ލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި
ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް އެހީތެރިވަނީ
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ރާއްޖެއަށް ޑްރަގް ގެނައި އީރާނުގެ ބޯޓެއް އަތުލައިގެންފި
"ދޯސްތީ"ގެ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަނީ
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި