Roadha Mihaaru
ބީއެމްއެލް ލޯނު "އޯވަޑިއު" އިންޓްރެސްޓް ދެ ޕަސެންޓަށް ކުޑަކޮށްފި

ބީއެމްއެލް ލޯނު "އޯވަޑިއު" އިންޓްރެސްޓް ދެ ޕަސެންޓަށް ކުޑަކޮށްފި

04 އެޕްރީލް 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން އަރާ އިންޓްރެސްޓް ރޭޓު 10 ޕަސެންޓުން ދެ ޕަސެންޓަށް ކުޑަކޮށްދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން އަރާ އިންޓްރެސްޓް ރޭޓު 10 ޕަސެންޓުން ދެ ޕަސެންޓަށް ކުޑަކޮށްދީފި އެވެ.

އެ ބޭންކުން ކަސްޓަމަރުންނަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ލޯނުގެ އޯވަޑިއުވާ އަދަދަށް އަރާ އިންޓްރެސްޓް ރޭޓަކީ ދެ ޕަސެންޓް ކަމަށެވެ.

ބީއެމްއެލުން ބުނިގޮތުގައި، އެ ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނެއްގެ އޯވަޑިއުއާ މެދު ދެން އަމަލު ކުރާނީ އެ އުސޫލުންނެވެ. އެއާ އެކު، ކުރިއާ އަޅާ ބަލާއިރު، އޯވަޑިއު އިންޓްރެސްޓަށް އަރާ އަދަދު ވަރަށް ބޮޑަށް ކުޑަވާނެ އެވެ. އޯވަޑިއު އިންޓްރެސްޓް އެރިޔަ ނުދިނުމަށް ގަވައިދުން ހުރިހާ ފަރާތްތަކުން ވެސް ލޯނު އަނބުރާ ދެއްކުމަށް ބީއެމްއެލުން އެދެ އެވެ.

އެ ބޭންކުން އަންނަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިދުމަތްތައް ހިތުރަށް ހަރުދަނާ ކުރަމުންނެވެ. ބޭންކިން ހިދުމަތް ބޭނުން ކުރުމުގައި އޮންލައިންކޮށް ކުރިމަތިވާ ސްކޭމްތަކުން ސަލާމަތްވުމަށް ބީއެމްއެލްގެ އޮންލައިން ހިދުމަތްތަކުގެ ސެކިއުރިޓީ ދާދި ފަހުން ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅާފައި ވެ އެވެ.