Roadha Mihaaru
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ އަށް ޝެޑިއުލްކޮށްފި

23 ޖެނުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މައްސަލަ މާދަމާ މެންދުރު ކުރިއަށް ގެންދަން ހަމަޖައްސައި އެމްޑީޕީ އަށް ވަނީ ޗިޓު ވެސް ފޮނުވައިފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު މި މަހުގެ 14 ގައި ބާއްވަން ކުރިން އިއުލާން ކުރުމުން 900 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި އެވެ. އެކަމަކު މި އިންތިހާބު ދެ މަހަށް ފަސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން، އެ އެންމެން ވެސް އަލުން އިންތިހާބަށް ކުރިމަތިލާން ޖެހޭނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ހެދީ ސިވިލް ކޯޓުގެ ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދިފައި ވަނީ އީސީގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެއާއެކު، ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިމެންދެން، އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް އީސީގެ މައްޗަށް ނެރެދިނުމަށް ވެސް އެމްޑީޕީން އެދިފައިވެ އެވެ.

އިންތިޚާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.

ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.